މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތުގައި މަޖިލިސް ނައިބު ރައީސް ނާޒިމް

އިސްތިއުފާގެ ސިޓީ ނުލިބޭ ކަމަަށް ބުނެ ޝަމީމު ވަކިކުރަން ނިންމައިފި

ޝަމީމު އިސްތިއުފާ ދެއްވާފައިވާތީވެ، އެ ސިޓީ ރައީސް އޮފީހަށް ލިބުނުތޯ ކަށަވަރުކުރަން އެމްޑީޕީގެ މެންބަރުން ދަނީ އެދެމުން

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމު މަގާމުން އިސްތިއުފާ ދެއްވި ސިޓީ ރައީސް އޮފީހަށް ލިބިފައިވާކަން އަދި އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ އޭނާގެ އިތުބާރުގެ ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމު ނިންމަވައިފި އެވެ.

ވީ ކިހިނެއް؟ - ސިއްރުކޮށްގެން މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީން ޝަމީމު ވަކިކުރަން ނިންމާފައިވާ ނިންމުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް މިރޭ ތާވަލު ކުރި ޖަލްސާ ފެށުމާ އެކު ޝަމީމު ވަނީ އޭނާ ހުންނެވި މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އަދި އެކަން މީޑީއާތަކުން ރިޕޯޓު ކުރުމުން، ޝަމީމު އިސްތިއުފާ ދެއްވާފައިވޭތޯ ކަށަވަރުކުރުމަށް އެމްޑީޕީ މެންބަރުން ރިޔާސަތުގައި ދަނީ އެދެމުންނެވެ.

ތަފްސީލު - އެމްޑީޕީ މެންބަރުން ނެންގެވި ނިޒާމީ ނުގުތާ ބަލައިނުގަނެ، ނާޒިމް ވިދާޅުވީ ޖަލްސާ ފެށުމުގެ ކުރިން ޝަމީމުގެ އިސްތިއުފާ ސިޓީ ރައީސް އޮފީހަށް ލިބިފައިވޭތޯ ކަށަވަރު ކުރެއްވި ކަމަށެވެ. އަދި ރައީސް އޮފީހުން އެ ސިޓީ ލިބުނުކަން މަޖިލީހަށް އަންގާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދާދި ދެންމެ އަކު ވެސް އިދާރީ މޭޒުން ދަންނަވައިފި، ރައީސް އޮފީހަށް ސިޓީ ނުލިބޭ ކަމަށް،" ނާޒިމް ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ގާނޫނުއަސާސީގެ 224ވަނަ މާއްދާގައިވާ ގޮތުން، ޕިޖީގެ މަގާމުގައި ހުންނަ މީހަކު އިސްތިއުފާ ދޭން ބޭނުންވެއްޖެ ނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސްއަށް ހުށަހަޅައި އެ ސީޓި ރައީސްއަށް ލިބުމުން އޭނާ މަގާމުން ވަކިވީ އެވެ.

އޭގެ އިތުރުން ގާނޫނު އަސާސީގެ 228 ވަނަ މާއްދާގައި ޕީޖީ މަގާމުން ވަކިކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެ އެވެ. އެގޮތުން:

  • މަގާމާ އެކަށީގެންވާ ކަމެއް ކުރި ކަމަށް ނުވަތަ އެ މަގާމް އަދާ ކުރުމަށް އުޒުރުވެރިވާ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ނުވަތަ މަގާމް އަދާ ކުރުމުގެ ގާބިލުކަން ނެތް ކަމަށް ފެނިއްޖެ ހިނދެއްގައި، މަޖިލީހަށް އޭނާ ވަކިކުރުމުގެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮވޭ

  • އަދި މަގާމުން ވަކިވާނީ، އެފަދަ މައްސަލައެއް ކޮމިޓީއަށް ފެނި، މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރުމުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް