ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު (ފޮޓޯ/ފެނަކަ)
ފެނަކައިން ހަރަދު ކުޑަކުރަން 700 މުވައްޒަފުން ވަކިކޮށްފި
ފެނަކަ ކޯޕަރޭޝަނުން 700އަށް ވުރެ ގިނަ މުވައްޒަފުން ވަކިކުރަން ނިންމައި ނޯޓިސް ފޮނުވާފައިވާ ކަމަށާއި އެ ހުރިހާ މުވައްޒަފުންނަކީ ވެސް ޕްރޮޖެކްޓްތަކަށް ނަގާފައި ތިބި މީހުން ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މިރޭ 'ދައުރު'އަށް ވިދާޅުވީ އެ މުވައްޒަފުންނަކީ އިމާރާތްކުރުމުގެ މަސައްކަތަށް ނަގާފައި ތިބި މުވައްޒަފުން ކަމަށެވެ.
ތަފްސީލް - މުއާޒް ވިދާޅުވީ އެ މުވައްޒަފުން ވަކި ކުރުމުން އެ ކުންފުންޏަށް 7 މިލިއަނާއި 9 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ކޮންމެ މަހަކު ސަލާމަތްކުރެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ:
-
ޖުމްލަ 731 މުވައްޒަފުން ވަކިކުރަން ވަނީ ނޯޓިސް ފޮނުވާފައި
-
މި މަހުގެ 15ގެ ފަހުން އެ މުވައްޒަފުންނަށް ދިން މުއްދަތު ހަމަވާނެ
-
އެއީ މަސައްކަތް ކުރަން ޖެހޭ މަޝްރޫއުތައް ނިމި ނުވަތަ ހުއްޓާލާފައިވާ ކަންކަމަށް ނަގާފައިވާ މުވައްޒަފުން
-
އޮޕަރޭޝަން ލެވެލްގެ އެއްވެސް މުވައްޒަފަކު ކަނޑައެއް ނުލާނެ
މުއާޒް ވިދާޅުވީ ފެނަކައިން ދެން މަސައްކަތްކުރާނީ މަޝްރޫއުތަކަށް އެ ކުންފުންޏަށް މުވައްޒަފުން ނަގައިގެން ކުރިއަށް ގެންދިއުމުގެ ބަދަލުގައި ބިޑަށް ދޫކޮށްގެން އެ ކަމެއް ކުރާ ގޮތަށް ކަމަށެވެ.
މުއާޒް ވިދާޅުވީ މުވައްޒަފުން ނަގައިގެން މަސައްކަތް ކުރަން ބޭނުންވާ ވަސީލަތްތަކާއި ސާމާނު ކުންފުނީގައި ނެތް ކަމަށާއި އެތަކެތި ހޯދަން ބޮޑު ހަރަދެއް ކުރަން ޖެހޭއިރު އެ ކަމަށް ބޭނުންވާ ފައިސާއެއް ނެތް ކަމަށެވެ.
އެނގުން މުހިންމު - މި ސަރުކާރުން ފެނަކައާ ހަވާލުވި ފަހުން މަސައްކަތެއް ނެތި އެގޮތަށް ތިބި 900އަށް ވުރެ ގިނަ މުވައްޒަފުން ވަނީ މީގެ ކުރިން ވެސް ވަޒީފާއިން ވަކިކޮށްފަ އެވެ.
ކޮމެންޓް (1)
ާައަސްލުމީ