30 ޖުލައި 2024، މާލެ - ރައީސް މުހައްމަދު މުއިއްޒު، ފުއާދު ތައުފީގުގެ ހަޔާތާ ބެހޭ ގޮތުން އަހުމަދު ސާއިލް އަލީ ލިޔެފައިވާ ބަޔޮގްރަފީ ފޮތް 'ގޮތުގައި' ނެރެދެއްވަނީ (ފޮޓޯ/ރައީސް އޮފީސް)
ރައީސް، ފުއާދުގެ ބަޔޮގްރަފީ ނެރެދެއްވައިފި
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގުގެ ހަޔާތުގެ ވާހަކަ ކިޔައިދޭ ބަޔޮގްރަފީ ރައީސް މުހައްމަދު މުއިއްޒު މިއަދު ނެރެދެއްވައިފި އެވެ.
ތަފްސީލް - ފުއާދު މިއަދު ހެނދުނު ވަނީ މުސައްނިފް އަދި ނޫސްވެރިޔާ އަހުމަދު ސާއިލް އަލީ ލިޔެފައިވާ ފޮތް، 'ގޮތުގައި' ރައީސަށް ހަދިޔާ ކުރައްވައިފަ އެވެ. އެކަމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރައީސް އެ ފޮތް އިފްތިތާހުކޮށްދެއްވާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.
ފުއާދު ވަނީ އިލެކްޝަންސް ކޮމިޝަނުގައި ކުރެއްވި މަސައްކަތްތަކުން އާއްމުންގެ ބޮޑު މަގުބޫލުކަމެއް ހޯއްދަވާފަ އެވެ. އަދި ރާއްޖެއަށް އަލަށް ކޮމްޕިއުޓަރު ގެންނަވައި، އޭގެ ބޭނުން ހިއްޕަވައިގެން ބޯހިމެނުމުގެ މަސައްކަތް ފެއްޓެވީ އޭނާ އެވެ.
ސާއިލް މީގެ ކުރިން 'ދައުރު' އަށް ބުނިގޮތުގައި، ތަފާސްހިސާބަށް ކުޅަދާނަ ފުއާދަށް ކުރިމަތިވެ ވަޑައިގެންނެވި ސިޔާސީ ގޮންޖެހުންތަކާއި ވާދަވެރިކަން އަދި އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރެއްވޭނެ ހާލަތްތަކުގައި ވެސް ދެއްކެވި ހިތްވަރު އޭނާގެ ބަޔޮގްރަފީގައި ހިމަނާފައިވާނެ އެވެ.
"ފުއާދުގެ ތަޖުރިބާތަކާއި ގޮންޖެހުންތައް އަދި ކާމިޔާބީ އާއި ފިލާވަޅުތަކާއި ލޯތްބާއި ބޭވަފާ ވެސް ފޮތުގައި ކިޔައިދީފައިވާނެ،" ސާއިލް ބުންޏެވެ.
އޭނާ ބުނިގޮތުގައި މި ފޮތުން ލިބޭނެ އެންމެ ބޮޑު މެސެޖަކީ އެންމެން ލޯބިވާ އަދި އިހުތިރާމުކުރާ މީހަކަށް ވާން ފުއާދު ގެންގުޅުއްވި އުސޫލްތަކެވެ. އަދި ގޮންޖެހުންތަކާއި ހިތާމަތައް ކުރިމަތިވެވަޑައިގަތުމުން ފުއާދު އަމަލު ކުރައްވާ ގޮތް ވެސް އިބްރަތަކަށް ފުދޭނެ ކަމަށް އޭނާ ބުންޏެވެ.
'ގޮތުގައި' މިހާރު ވަނީ އުރީދޫގެ މޫލީ މެދުވެރިކޮށް ޕްރީއޯޑަރަށް ހުޅުވާލައިފަ އެވެ. އެ ފޮތުގެ އަގަކީ 200 ރުފިޔާ އެވެ.
ކޮމެންޓް (2)
ދަންނަ
ކޮސް