ޕިކަޕެއް މުދާ އުފުލަނިީ (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އިޔާން)

ދަތުރުފަތުރު

މާލޭގައި ކުންޏާއި މުދާ އުފުލުން ރޭގަނޑަށް އެކަނި ބަދަލުކުރަނީ

މި ބަދަލުތަކަކީ މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށް މިވަގުތަށް ގެންނަން ޖެހިފައިވާ ބަދަލެއް ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނި

މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، އެއީ އަމާން ތަނަކަށް ހެދުމަށް ސަރުކާރުން ރޭ ލޯންޗު ކުރި 'މާލެ ފަހި' ޕްރޮގްރާމުގެ ދަށުން މާލޭގައި ކުނި ނަގާ ވަގުތުތަކާއި މުދާ އުފުލާ ވަގުތުތައް ރޭގަނޑަކަށް އެކަނި ބަދަލު ކުރަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ދަރުބާރުގޭގައި ރޭ ބޭއްވި ހަފްލާއެއްގައި ރައީސް މުހައްމަދު މުއިއްޒު އިފްތިތާހު ކުރެއްވި އެ ޕްރޮގްރާމުގެ ދަށުން، ވަކި ސައިޒަކަށް ވުރެ ބޮޑެތި އުޅަނދުފަހަރުގައި މުދާ އުފުލާ ވަގުތަށް ބަދަލު ގެނެސް، މާލެ ސަރަހައްދުގައި މިހާރު ކުނި އުފުލާ ވަގުތަށް ބަދަލު ގެންނަން ވެސް ވަނީ ނިންމައިފަ އެވެ.

ތަފްސީލު - އެ ބަދަލުތައް ގެންނަން ނިންމާފައިވަނީ ކަމާ ބެހޭ އިދާރާތަކާ މަޝްވަރާ ކުރުމަށް ފަހު އެވެ. އެގޮތުން، ނިންމާފައިވަނީ:

  • މާލެ ސަރަހައްދުގައި މިހާރު ކުނި އުކާލާ ގަޑިތަކާއި އުސޫލަށް ބަދަލު ގެނެސް، ރޭގަނޑު 10 އިން ފަތިހު 5އަށް ބަދަލު ކުރަން

  • ކަނޑައެޅޭ ވަކި ސައިޒަކަށް ވުރެ ބޮޑެތި އުޅަނދުތައް ބޭނުންކޮށްގެން މުދާ އުފުލުން ރޭގަނޑު 8 އިން ފަތިހު 5އަށް ބަދަލު ކުރުން

މި ބަދަލުތަކަކީ މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށް މިވަގުތަށް ގެންނަން ޖެހިފައިވާ ބަދަލެއް ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުންޏެވެ.

ފާހަގަ ކުރެވޭ - މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ރޭ އިފްތިތާހު ކުރި ޕްރޮގްރާމުގެ ދަށުން އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުން ކޮންޓްރޯލުކުރުމުގެ އިތުރުން، އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމާއި މަގުމައްޗަކީ ދަތުުރުކުރުމަށާއި ހިނގާ ބިނގާވެ އުޅުމަށް ރައްކާތެރި ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް (2)

ސިކުނޑި

25 ޖުލައި 2024
މިސަރުކާރުގެ ވިސްނުން ކިތަންމެހާވެސް ރަނގަޅު ހަމައެކަނި މައްސަލައަކީ ކަންކަން ކުރެވޭނެ ގޮތްތައް ނުބަލައި އެކަމުގެ ވާހަކަ މާއަވަހަށް އިއުލާނު ކުރާތީ! ނިޔަތް އިއުލާން ނުކޮށް ކަންކަން އިއުލާނު ކުރުމުން އިތުބާރު ދަމަހައްޓަން ފަސޭހަ ވާނެ! ކެބިނެޓަށް ހުށަހަޅާ ކަރުދާހެއް ކުރިންވެސް ގެންގުޅޭ! އެގޮތަށް ހުށަހަޅާ މައްސަލައެއްގައި ނިންމާ ނިންމުންތަކުގައި ދެއުޅިއެއްނުވާ ސިޔާސަތެއް ނުނެރެވޭނެ! މިހާރުގެ ނިންމުންތަކުން ހީވާކަހަލަ އެކަންކަންވެސް ނުކުރާހެން!
0 0

ހަސަން2343

25 ޖުލައި 2024
މުދާ އުފުލަން މަނާ ކުރަންވީ ހަވީރު 4 - 6 އަދި ރޭގަނޑު 8 - 10 ޖަހަންދެން މަނާ ކުރީމަ ރަގަޅުވާނެ .. މިއީ އެންމެ ބާރު ބޮޑު ގަޑިތައް ! އެނޫން ގަޑިތަކުގައި މަނާ ކޮއްގެން ޑިލެވަރީ ސާރވިސް އަދި އޮފީސްތައް ހުޅުވާފަ ހުންނަ އިރު އޮޕަރޭޓް ނުވީމަ ވަރަށް ދަތި ވާނެ .. ދެން ވެމްކޯ ކުނި އޮފީސްތަކުން ހެދުނު ނަގާ ނެގުން ވެސް ބަދަލު ކޮއްފިޔާ މަގުމަތި ގޮޑުވެދާނެ ، އާމުކޮށް އޮފީސްތައް ހުނާނީ ދުވާލު ، މިކަމަށް ހައްލެކަށް ކުޑަ ޕިކަޕެއް ވެމްކޯއިން ބޭނުން ކުރުން ފަދަ ކަމެއް ކުރަން ފެނޭ .. އަދި ވެމްކޯ ބޮޑު ކުނިނަގާ އެތި ބޮޑެތި މަގުގައި އެކަނި މަޑުކުރެވޭ ގޮތް ހެދުން މުހިއްމު !
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް