ސިނަމާލެ ބްރިޖްގައި މީހުން ދުއްވާފަދާތަން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ސިނަމާލެ ބްރިޖު

ބްރިޖާއި މަގުން ފީއެއް ނަގަނީ؛ ދިރާސާ އަންނަ މަހު ފަށަނީ

ބްރިޖާއި ހައިވޭ ފަދަ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާ ކުރުމަށް ފަހު ފީއެއް ކަނޑައަޅައި ތަންފީޒު ކުރަން ވަނީ ނިންމާފައި

ސިނަމާލެ ބްރިޖާއި އެ ތަނާ ގުޅިފައިވާ މަގުން ދަތުރުކުރާ އުޅަނދުތަކުން ފީއެއް ނުވަތަ ޓޯލްއެއް ނަގަން ފެށުމާ ގުޅޭ ދިރާސާ އަންނަ މަހު ފަށަން ތައްޔާރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މާލެ ސަރަހައްދުގައި ބޮޑުވެފައިވާ ޓްރެފިކްގެ މައްސަލައަށް ހައްލު ހޯދުމަށް ރޭ ތައާރަފު ކުރި 'މާލެ ފަހި' ފްރޮގްރާމުގެ ދަށުން ބްރިޖާއި ހައިވޭ ފަދަ ތަންތަނުން ދަތުރުކުރާ އުޅަނދުތަކުން ފީއެއް ނަގަން ވަނީ ނިންމައިފަ އެވެ.

ތަފްސީލް - ބްރިޖާއި ހައިވޭ ފަދަ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާ ކުރުމަށް ފަހު އެކަށީގެންވާ ފީއެއް ކަނޑައަޅައި ތަންފީޒު ކުރަން ވަނީ ނިންމައިފަ އެވެ. އަދި އެކަމަށްޓަކާ ކުރަން ޖެހޭ ދިރާސާތައް އަންނަ މަހު ފަށަން ވެސް ވަނީ ނިންމައިފަ އެވެ.

ފާހަގަ ކުރެވޭ - ޗައިނާގެ ހިލޭ އަދި ލޯނު އެހީގައި އެޅި ސިނަމާލެ ބްރިޖު 2018ގައި ބޭނުން ކުރަން ފެށުމުގެ ކުރިން ފީއެއް ނެގުމާ ގުޅޭ ގޮތުން ވާހަކަ ދެކެވުނެވެ. ނަމަވެސް، ފަހުން އައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމީ ސިނަމާލެ ބްރިޖުން ދަތުރުކުރާ އުޅަނދުތަކުން ފީއެއް ނުނެގުމަށެވެ.

ކޮމެންޓް (4)

ޞައްދާމު

25 ޖުލައި 2024
ޚޮޅަކަށް 10 ނަގަމ ފެނޭ
0 0

ބުރިޖު

25 ޖުލައި 2024
އަވަސްކުރޭ މާލަސްވެއްޖެ ތިޔަކަންތައް ކުރަން އަދިހަމަ ތޮއްޖެހުން ބޮޱުސަރަހައްދުތަކުން ޕާކިންގ ފީވެސްނަގަންވީ އަވަހައް.
4 0

@ބުރިޖު

25 ޖުލައި 2024
@ބުރިޖު ކޮޅަކަށް 1 ރ ނަމަވެސް ނަގަންޖެހޭނެ މިކަމުގަ ހުރިހާ ރައްޔިތުން ތާއިދުކުރަންވާނެ. އަބަދު ތިބެގެން ގޮވަނީ ސިންގަޕޫރު އަދި ޱުބާއީ ގެ ވާހަކަ އެޤައުމުތަކުގަ ހުރިހާކަމަކަށް އަގުދައްކަންޖެހޭ. އިންޖީނުލީ ހުރިހާ އުޅަދަކުން ޕާކިންގ ފީވެސްނަގަންވީ ނުދެއްކޭވަރުމީހުން ވެހިކަލް އެތެރެ ނުކުރާނެ.
0 0

ސިކުނޑި

25 ޖުލައި 2024
ގްރޭޓަރ މާލެ ސަރަހައްދުގެ ކޮންމެ ގޭބިސީއެއްގެ ކަރަންޓު ބިލަށް 5 ރުފިޔާ ލާންވީއެއްނު! ހައިވޭ މެއިންޓެނަންސްއަށް! ހަމަހަމަ ކަމާއެކު ތިކަން ކުރެވޭނެ ގޮތަށް ހޯދަން ވަރަށްދަތިވާނެ! ސަރުކާރު މަޖުބޫރު ކުރުވަނީ އެމަގުގައި ދަތުރުކުރަން! ދުވާލަކަށް 6 ދަތުރު ކުރަންޖެހޭ މީހުންވެސް އުޅޭ! ދިވެހީންގެ އާދަކާދައާއި ދިރިއުޅުމާއި އަޚުލާގަށްބަލާއިރު ސަބްސިޑައިޒް ކުރުންއެއީ އެންމެ ރަނގަޅުގޮތް ކަމަށްފެނޭ!
0 4

އިތުރު އާޓިކަލް

އިތުރު އާޓިކަލް