16 ޖުލައި 2024: ކޭއެފްސީ މާލޭ ރެސްޓޯރަންޓުގެ ބިއްލޫރިގަނޑު ތަޅާލާފައި ((ދައުރު ފޮޓޯ/އަބްދުﷲ އަނޫފު ޖުނައިދު)

ކޭއެފްސީ

ކޭއެފްސީ ބިއްލޫރިގަނޑު ތަޅާލި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

އަމީނީމަގުގައި ހުންނަ ކޭއެފްސީ ރެސްޓޯރަންޓުގެ ބިއްލޫރިގަނޑު މިހާރު ވަނީ ދެ ރޭ މަތިން ތަޅާލާފައި، ރޭގެ ހާދިސާ އާ ގުޅިގެން މިހާތަނަށް އަދި މީހަކު ހައްޔަރެއް ނުކުރޭ

މާލޭގައި ހުންނަ ކޭއެފްސީ ރެސްޓޯރެންޓުގެ ބިއްލޫރިގަނޑު މިދިޔަ ހޯމަ ދުވަހުގެ ރޭ ތަޅާލި މައްސަލާގައި 48 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - އަމީނީމަގުގައި ހުންނަ ކޭއެފްސީ ރެސްޓޯރަންޓުގެ ބިއްލޫރިގަނޑު މިހާރު ވަނީ ދެ ރޭ މަތިން ތަޅާލައިފަ އެވެ. އަންގާރަ ދުވަހުގެ ރޭގެ އިތުރުން ރޭ ވެސް ވަނީ އެތަނުގެ ބިއްލޫރިގަނޑު ތަޅާލައިފަ އެވެ.

ތަފްސީލު - ފުލުހުން ބުނީ، އަންގާރަ ދުވަހުގެރޭގެ މައްސަލައާ ގުޅިގެން ހައްޔަރު ކުރީ 48 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ރޭ ގެ ހާދިސާ އާ ގުޅިގެން އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެނގުން މުހިންމު - އެ ރެސްޓޯރަންޓް ޗެއިނުން އިޒްރޭލަށް އެހީތެރިވާ ކަމަށް ބުނެ ގާޒާ ހަނގުރާމަ ފެށުނު ފަހުން މާލޭގައި އަންނަނީ، ކޭއެފްސީން ވިޔަފާރި ނުކުރުމަށް ގޮވާލާ އެތަނުގެ ކުރިމަތީ ދޭތެރެ ދޭތެރެއިން އަޑުއުފުލަމުންނެވެ. މީގެ އިތުރަށް ކޭއެފްސީން ވިޔަފާރި ނުކޮށް، އެތަން ބޮއިކޮޓް ކުރުމަށް ގޮވާލާ ޕޯސްޓަރު ފަދަ ތަކެތި ވެސް އެތަނުގެ ބޭރުގައި ދޭތެރެ ދޭތެރެއިން ހަރުކުރެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް