ކޭއެފްސީ މާލޭ ރެސްޓޯރަންޓުގެ ބިއްލޫރިގަނޑު ތަޅާލާފައިވާއިރު ފުލުހުން އެތަން ކޯޑަންކޮށްފައި (ދައުރު ފޮޓޯ/އަބްދުﷲ އަނޫފު ޖުނައިދު)

ކޭއެފްސީ

ކޭއެފްސީ މާލޭ ރެސްޓޯރަންޓުގެ ބިއްލޫރިގަނޑު ތަޅާލައިފި

ކޭއެފްސީ މާލޭ ރެސްޓޯރަންޓުގެ ބިއްލޫރިގަނޑު ބަޔަކު ތަޅާލީ ރޭ ދަންވަރުގެ ވަގުތެއްގައި؛ އެކަން ރިޕޯޓް ކުރީ އާންމުންގެ މީހެއް ކަމަށް ފުލުހުން ބުނި
16 ޖުލައި 2024
4

މާލޭގައި ހިންގާ މަޝްހޫރު ފްރެންޗައިސް ރެސްޓޯރަންޓް، ކޭއެފްސީގެ ބިއްލޫރިގަނޑެއް ރޭ ދަންވަރު ބަޔަކު ތަޅާލައިފި އެވެ.

ވީ ކިހިނެއް؟ - ފުލުހުންގެ ތަރުޖަމާން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު 'ދައުރު'އަށް ވިދާޅުވީ ކޭއެފްސީ ރެސްޓޯރަންޓުގެ ބިއްލޫރިގަނޑެއް ތަޅާލާފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ދީފައި ވަނީ ރޭ ދަންވަރު 3:06 އެހާއިރު ކަމަށެވެ.

"އެ މައުލޫމާތު އާންމު ފަރާތަކުން ގުޅައި ފުލުހުންނަށް ދީފައިވޭ،" ޝިފާން ވިދާޅުވި އެވެ. 

ތަފްސީލް - ތަޅާލާފައި ވަނީ އަމީނީ މަގުގައި ހުންނަ ގާކޮށި ފްލެޓްތަކުގެ ތިރީގައި ހިންގާ ކޭއެފްސީ ރެސްޓޯރަންޓުގެ މަގަށް ވާ ގޮތަށް ހުންނަ ދޮރުގެ ބިއްލޫރިގަނޑެކެވެ. ބެލެވޭ ގޮތުގައި އެ ބިއްލޫރިގަނޑު ތަޅާލާފައި ވަނީ ގާބުރިއެއް ފަދަ އެއްޗެއް އެއްލައިގެންނެވެ.

ކޭއެފްސީ އާއި ޕިއްޒާ ހަޓް ބޮއިކޮޓް ކުރުމަށް ގޮވާލާ މިދިޔަ އެޕްރީލް މަހު ކުރި މުޒާހަރާއެއްގެ ތެެރެއިން (ދައުރު ފޮޓޯ/އަޒްމީ)

އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. 

އެނގުން މުހިންމު - އެ ރެސްޓޯރަންޓް ޗެއިނުން އިޒްރޭލަށް އެހީތެރިވާ ކަމަށް ބުނެ ގާޒާ ހަނގުރާމަ ފެށުނު ފަހުން މާލޭގައި ވެސް ގުރޫޕަކުން އަންނަނީ، ކޭއެފްސީން ވިޔަފާރި ނުކުރުމަށް ގޮވާލާ އެތަނުގެ ކުރިމަތީ ދޭތެރެ ދޭތެރެއިން އަޑުއުފުލަމުންނެވެ. މީގެ އިތުރަށް ކޭއެފްސީން ވިޔަފާރި ނުކޮށް، އެތަން ބޮއިކޮޓް ކުރުމަށް ގޮވާލާ ޕޯސްޓަރު ފަދަ ތަކެތި ވެސް އެތަނުގެ ބޭރުގައި ދޭތެރެ ދޭތެރެއިން ހަރުކުރެ އެވެ. 

ކޮމެންޓް (4)

ޔާހޫ

18 ޖުލައި 2024
އެއްކޮށް ބަންދުކުރަންދެން ހުއްޓާ ނުލާ ކުރިއަށް ގެންދޭ. ޔަހޫދީންނަށް ފަންޑުކުރާ މީހުން ގައުމުން ބޭރުކުރޭ
0 0

ޖޭމުގޭ އަހައްމާދީ

16 ޖުލައި 2024
ތޯރާބޯރާގެ މުއްލާއިންގެ ކިބައިން މިގައުމު ސަލާމަތްކުރަން އެބަޖެހޭ
2 3

ބާގިރުގެ ޖާބިރު

16 ޖުލައި 2024
އެހެންވީމަ މިއަދު ފަލަސްތީނަށް ނަސްރު ލިބި ހަނގުރާމަ ހުއްޓާލާނެ އުތަ.
3 2

ހިމާރުލްގައުމު

16 ޖުލައި 2024
ކަލޭމެން ކަރުން ނާރު ނަގާފަ ފެލޭކަށް ނުޖެހޭ ކޭއެފްސީއެއް އެހެން އެފްސީއެއް ހުއްޓުވަން. ކަލޭމެން ފެލުނަސް އެކާން ބޭނުންވާ މީހަކު އެކާނެ. ކާން ބޭނުންނުވާ މީހަކު ނުކާނެ، ހޭބަލި ނުވެބަލަ.
3 4

އިތުރު އާޓިކަލް

އިތުރު އާޓިކަލް