17 ޖުލައި 2024: އިމިގްރޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އިމިގްރޭޝަން ވޮޗް" އެޕް ލޯންޗުކުރަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އިމިގްރޭޝަން

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އެޕެއް ތައާރަފްކޮށްފި

މި އެޕް މެދުވެރިކޮށް ކާކުކަން ނޭނގޭ ގޮތަށް ވެސް މައްސަލަ ރިޕޯޓުކުރެވޭނެ
17 ޖުލައި 2024

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކާއި އިމިގްރޭޝަނާ ގުޅުންހުރި މައްސަލަތައް ހުށަހަޅަން "އިމިގްރޭޝަން ވޮޗް" ނަމުގައި އެޕެއް ތައާރަފްކޮށްފި އެވެ. 

ވީ ކިހިނެއް؟ - މި އެޕް ތައާރަފްކޮށްފައިވަނީ އިމިގްރޭޝަނުން މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު އެވެ.

ތަފްސީލް - މި އެޕްލިކޭޝަނާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝައްމާން ވިދާޅުވީ މި އެޕްލިކޭޝަން މެދުވެރިކޮށް ކާކުކަން ނޭނގޭގޮތަށް ވެސް މައްސަލަ ރިޕޯޓުކުރެވޭނެ ކަމަށެވެ.

17 ޖުލައި 2024: އިމިގްރޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އެ އެޕާ ގުޅޭގޮތުން ޝައްމާން އިތުރަށް ވިދާޅުވީ:

  • ކޮންމެ މީހަކަށްވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓުކުރެވޭނެ

  • ވަގަށް ރާއްޖެ އެތެރެވާން އުޅޭ ބިދޭސީންގެ މައްސަލަ ހުށަހެޅޭނެ

  • 24 ގަޑިއިރު މައްސަލަ ރިޕޯޓު ކުރެވޭނެ

  • ފޮޓޯ އާއެކު މައުލޫމާތު ހުށަހެޅޭނެ

ފަސް މަންޒަރު - ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން އަންނަނީ ހާއްސަ ރެއިޑް އޮޕަރޭޝަންތައް ހިންގަމުންނެވެ. އެއޮޕަރޭޝަންތަކުގައި 2،000އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓް ކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް