ފަލަސްތީނުން އދ. އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ރިޔާދު މަންސޫރާއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ/ޒަމީރު)

ޒަމީރު ފަލަސްތީނުގެ މަންދޫބާ ބައްދަލުކުރައްވައިފި

މި ބައްދަލުވުމުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށް، އދ.ގެ ދާއިމީ މެމްބަރަކަށްވުމަށް ޒަމާންތަކެއް ވަންދެން ފަލަސްތީނުގެ ރައްޔިތުން ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދިނުމުގައި ރާއްޖެ ދެމި އޮންނާނެ ކަމުގެ ޔަގީންކަން ވެސް އެރުވި

ފަލަސްތީނުން އދ.އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ރިޔާދު މަންސޫރާ ބައްދަލުކުރައްވައި ބައިނަލްއަގުވާމީ މައިދާނުގައި އިޒްރޭލާ ދެކޮޅަށް ރާއްޖެއިން އަޑުއުފުލާނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - މި ޔަގީންކަން ޒަމީރު ދެއްވާފައިވަނީ މިހާރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ނިއު ޔޯކަށް ވަޑައިގެން ރިޔާދުއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

ތަފްސީލް - ދެ ބޭފުޅުންގެ ބައްދަލުވުމުގެ ފޮޓޯއެއް 'އެކްސް'ގައި ހިއްސާކުރައްވައި ޒަމީރު ވިދާޅުވެފައިވާ ގޮތުން، އެ ބައްދަލުވުމުގައި:

  • ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށް، އދ.ގެ ދާއިމީ މެމްބަރަކަށްވުމަށް ޒަމާންތަކެއް ވަންދެން ފަލަސްތީނުގެ ރައްޔިތުން ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދިނުމުގައި ރާއްޖެ ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވި

  • ވަގުތުން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ގޮވާލުމާ އެކު، ގައްޒާގައި އިޒްރޭލުން ހިންގާ ގަތުލުއާއްމާ ދެކޮޅަށް އަޑުއުފުލުމުގައި ރާއްޖެ ދެމިތިބޭނެ ކަމުގެ ޔަގީންކަން ދެއްވި

ފާހަގަކޮށްލެވޭ ކަމެއް - އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ޒަމީރު ވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަންގެ އިތުރުން، އެމެރިކާ ސަރުކާރުގެ އެހީ ދޭ ޖަމިއްޔާ، ޔޫއެސް އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް)ގެ އެންމެ އިސް ފަރާތް ކަމަށްވާ އެޑްމިނިސްްޓްރޭޓަރު ސަމަންތާ ޕަވާއާ ވެސް މީގެ ކުރިން ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުވުންތަކުގައި ދެ ގައުމުން ގުޅިގެން ކުރާނެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް