ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެމެރިކާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި ޔޫއެސްއެއިޑްގެ އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަވާއާ ބައްދަލުކުރެއްވުން. (ފޮޓޯ/ ފޮރިން މިނިސްޓްރީ)
އެމެރިކާއިން ރާއްޖެއަށް ދޭ އެހީ އިތުރުކުރަން މަޝްވަރާކޮށްފި
އެމެރިކާ ސަރުކާރުގެ އެހީ ދޭ ޖަމިއްޔާ، ޔޫއެސް އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް)ގެ ފަރާތުން ރާއްޖެއަށް ދޭ އެހީތެރިކަން އިތުރުކުރަން މަޝްވަރާކޮށްފި އެވެ.
ވީ ކިހިނެއް؟ - މި މަޝްވަރާތައް ކޮށްފައި ވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިވަގުތު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި ޔޫއެސްއެއިޑްގެ އެންމެ އިސް ފަރާތް ކަމަށްވާ އެޑްމިނިސްްޓްރޭޓަރު ސަމަންތާ ޕަވާއާ އިއްޔެ ބައްދަލުކުރައްވަ އެވެ.
ތަފްސީލް - އެ ބައްދަލުވުމާ ގުޅޭ ގޮތުން ދެ ގައުމުން ނެރުނު ބަޔާންތަކުގައި ވެސް، ދެ ގައުމު ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށް ބުނެފައިވެ އެވެ. އެގޮތުން، ޔޫއެސްއެއިޑް އިން ނެރުނު ބަޔާނުގައި، ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ބައެއް ކަންކަމުގެ ތެރޭގައި ފާހަގަކޮށްފައިވަނީ:
-
ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުން، ތިމާވެށި ހިމާޔަތް ކުރުން އަދި ޑިމޮކްރަޓިކް މުއައްސަސާތައް އިތުރަށް ވަރުގަދަ ކުރުމަށްޓަކާ ކުރެވޭ މަސައްކަތްތައް އިތުރުކުރުން
-
ރާއްޖެއަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަ ހައްލު ކުރަން ކުރެވެމުންދާ މަސައްކަތްތައް
-
ރާއްޖެއިން އޯޕަން ގަވަމެންޓް ޕާޓްނާޝިޕްގައި ބައިވެރިވުމަށް ނިންމުން
-
ޔޫއެސްއެއިޑްއާ ގުޅިގެން، އިގްތިސޯދު އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކާ އޮންނަ ގުޅުން ބަދަހިކުރުން
-
ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްގީކޮށް، ރަށު ކައުންސިލުތަކާއި އަންހެނުންގެ ތަރައްްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ގާބިލުކަން އިތުރުކުރުން
Minister @MoosaZameer had a productive meeting with @PowerUSAID, Administrator of USAID, today.
— Ministry of Foreign Affairs 🇲🇻 (@MoFAmv) June 25, 2024
Minister Zameer conveyed gratitude for the ongoing support through USAID and conveyed commitment towards enhancing existing cooperation. pic.twitter.com/htKFUjk7jA
މި ބައްދަލުވުމުގައި ޒަމީރު ވަނީ ޔޫއެސްއެއިޑްގެ ފަރާތުން ރާއްޖެއަށް ލިބެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި ގުޅުން އިތުރަށް ބަދަހި ކުރުމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ފާހަގަކޮށްލެވޭ - މި މަޝްވަރާތައް ކުރެވިގެން މި ދިޔައީ އިޒްރޭލް ރައްޔިތުން ރާއްޖެ އައުން މަނާކުރަން ކެބިނެޓުން ނިންމި ނިންމުމާ ގުޅިގެން، ރާއްޖެއިން އެ ފިޔަވަޅު އަޅައިފި ނަމަ ރާއްޖެއަށް ދޭ އެހީތައް އެއްކޮށް ކަނޑާލުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ސެނެޓަށް ބިލެއް ހުށަހަޅުއްވައިފައި އޮއްވަ އެވެ. ސެނެޓުގެ ކަމާ ގުޅޭ ކޮމިޓީން މި ފަހުން ނިންމާފައި ވަނީ ރާއްޖެއަށް އެއްވެސް އެހީއެއް ދޭންވާނީ އެފަދަ ފިޔަވަޅެއް ރާއްޖެއިން ނާޅާކަން ކަށަވަރުކޮށްފައި ކަމަށެވެ.
އެނގުން މުހިއްމު - މި ދަނޑިވަޅުގައި ޒަމީރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި:
-
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންގެ އިތުރުން އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާނެ
-
ކައުންސިލް އޮފް ފޮރިން ރިލޭޝަންސްގެ މަޝްވަރާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވާނެ
-
ވޮޝިންޓަން އަދި ނިއު ޔޯކުގައި ދިރިއުޅޭ ދިވެހިންނާ ވެސް ބައްދަލުކުރައްވާނެ
-
ނިއު ޔޯކުގައި ރާއްޖޭގެ ޓޫރިޒަމް ފުޅާކުރުމާ ގުޅޭ ގޮތުން އެ ސިޓީގެ އިސް ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޑްވައިޒަރުންނާ ބައްދަލުކުރައްވާނެ
ކޮމެންޓް (4)
އަދީލް
ތަންދޮރު
ހިތަދޫ 2
ތަހުޒީބު