ނ.ވަވަތި އަށް ލެއްގި ޑިންގީ ގައި ތިބި ސޯމާލިޔާ މީހުން (ފޮޓޯ/ޕޮލިސް)

ފުލުހުން

ސޯމާލިއާ މީހުން އިމިގްރޭޝަނާ ހަވާލުކޮށްފި

ތިން މީހުން ތިބި އެ ޑިންގީ ލައްގާފައިވަނީ ނ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމުގައިވާ ވަވަތިއަށް

ނ. އަތޮޅު ރަށަކަށް މިދިޔަ ހޮނިހިރު ދުވަހު ލެއްގި ޑިންގީގައި ތިބި ސޯމާލިއާގެ ތިން މީހުން ހުޅުމާލޭގައި ހުންނަ އިމިގްރޭޝަން ފެސިލިޓީއާ ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - ނ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމުގައިވާ ވަވަތިއަށް ލެއްގި ޑިންގީގައި ތިބީ ތިން މީހުންނެވެ.

ތަފްސީލް - އެމީހުން ހުޅުމާލޭ އިމިގްރޭޝަން ފެސިލިޓީ އާ ހަވާލުކޮށްފައިވާކަމަށް ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވަނީ ބުނެފަ އެވެ.

ފުލުހުން ކުރިން ބުނީ އެމީހުންނަކީ ބެހިގެން ރާއްޖެ އާދެވުނު ބައެއް ކަމަށް ބެލެވޭކަމަށެވެ. ފުލުހުން ވަނީ، އެ މީހުން އެ ރަށުގެ ގޮނޑިއެއްގައި އިށީނދެގެން އިން ފޮޓޯއެއް ވެސް އާއްމުކޮށްފަ އެވެ.

އެ މީހުން ކުރިން ބައިތިއްބާފައިވަނީ ނ. ހޮޅުދޫގަ އެވެ. އެމީހުން އެރަށުގެ މަގެއްގެމަތީ ހިނގާފައިދާ ވީޑިއޯއެއްވެސް ސޯޝަލްމީޑިއާގައިވަނީ އާންމުވެފަ އެވެ.

އެނގުން މުހިންމު - ރާއްޖޭގެ އިރަށް އޮންނަ ސޯމާލިއާއިން، މީގެ ކުރިން ވެސް މިގޮތަށް ގިނަ ބަޔަކު ބެހިގެންނާއި ކަނޑުފޭރުމުގެ ނިޔަތުގައި ވެސް ރާއްޖޭގެ ސަރަހައްދަށް އައިސްފައިވެ އެވެ. އެގޮތުން، އެންމެ ފަހުން ފެނިފައިވަނީ އއ. އަތޮޅު ބޭރުން ޑިންގީއެއްގައި އޮޔާ ދިޔަ ބަޔެކެވެ. 

މިގޮތަށް 2010ގެ ކުރިން ރާއްޖެ އާދެވުނު މީހުންގެ އަދަދު ގިނަވެ، ސިފައިންގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ އަދަދު 40އަށް ވެސް އެރި އެވެ. އެކި ފަހަރު މަތިން ރާއްޖެ އާދެވުނު އެ މީހުން ފޮނުވާނުލެވި ގިނަ ދުވަސްތަކެއް ވެސް ދިޔަ އެވެ. އެއީ، އޭރު ސިފައިން ބުނި ގޮތުގައި، އެ މީހުންގެ ގައުމު ސާބިތު ނުކުރެވިގެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް