ސާފް ފުޓުބޯޅަ މުބާރާތުގައި 2015 ވަނަ އަހަރު ދިވެހިރާއްޖެ އާއި ބޫޓާން ބައްދަލުކުރި މެޗެއްގައި މުހައްމަދު އާރިފް (ބަކާ)، ވ، ކުޅެނީ. (ފައިލް ފޮޓޯ/އިމޭޖަސް.އެމްވީ)

އާރިފްގެ ކަށުނަމާދު ކުރާނީ އިސްލާމީ މަރުކަޒުގައި

އާރިފްގެ މައްޗަށް ކަށުނަމާދު ކުރަން ފުރަތަމަ ހަމަޖެއްސީ ހުޅުމާލޭގެ ސަހަރާ މިސްކިތުގައި

އައިސީޔޫގައި ފަރުވާދެމުންދަނިކޮށް މިއަދު ހަވީރު ނިޔާވި ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ)ގެ ކަށުނަމާދު އިސްލާމީ މަރުކަޒުގައި ކުރާ ގޮތަށް ނިންމައިފި އެވެ. 

ވީ ކިހިނެއް؟ - އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ފޭސްބުކްގައި ޕޯސްޓެއްގައި އެކަން ވަނީ އިއުލާންކުރައްވައިފަ އެވެ.

ބުނީ ކީކޭ؟ - "ކުޅުންތެރިޔާ ބަކާގެ ކަށުނަމާދު އިސްލާމީ މަރުކަޒުގައި ބާއްވާގޮތަށް އިންތިޒާމުގެ މަސައްކަތްތައް ކުރިއަށް އެބަދޭ،" ޝަހީމް ވިދާޅުވި އެވެ.

އެނގުން މުހިއްމު - އާރިފްގެ ކަށުނަމާދު ބާއްވަން ފުރަތަމަ ހަމަޖެއްސީ ފަތިސް ނަމާދަށް ފަހު ހުޅުމާލޭގެ ސަހަރާ މިސްކިތުގަ އެވެ.

ފާހަގަކޮށްލެވޭ - ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އާރިފް އުމުރުން 38 އަހަރުގައި ނިޔާވީ ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު ރާއްޖެ އައިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. އޭނާ ހައްޖަށް ދިޔައީ ސައުދީ ރަސްގެފާނުގެ ހާއްސަ ދައުވަތުގައި ސައުދީ އެމްބަސީން ހައްޖަށް ފޮނުވި މީހުންގެ ތެރޭގައި ހިމެނިގެންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް