ރާއްޖޭގެ ކުރީގެ ފުޓްބޯޅަ ތަރި މުހައްމަދު އާރިފް (ބަކާ) 2018ގެ ސާފް ޗެމްޕިއަންޝިޕްގެ ތައްޓާ އެކު (ފޮޓޯ/މިހާރު)

ކުރީގެ ފުޓްބޯޅަ ތަރި އާރިފްއަށް އައިސީޔޫގައި ފަރުވާދެނީ

ބަކާގެ ނަމުން މަޝްހޫރު މުހައްމަދު އާރިފަށް ނޭވާލުމުގެ މައްސަލަ ދިމާވީ ސައުދީ ރަސްގެފާނުގެ ދައުވަތެއްގައި ހައްޖުގެ އަޅުކަން އަދާކޮށްގެން މާލެ އައި ފަހުން
25 ޖޫން 2024
1

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މުހައްމަދު އާރިފް (ބަކާ)އަށް ނޭވާލުމުގެ މައްސަލަތަކެއް ދިމާވެގެން އިއްޔެއިން ފެށިގެން އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

ވީ ކިހިނެއް؟ - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި އާރިފް ހުންއައިސްގެން ފުރަތަމަ ޑޮކްޓަރަކަށް ދެއްކީ މީގެ ދެތިން ދުވަސް ކުރިންނެވެ. އޭނާއަށް އެ އުނދަގޫތައް ވާން ފެށީ މި އަހަރުގެ ހައްޖުގެ އަޅުކަމަށް ފަހު އެނބުރި އައުމާ އެކުގަ އެވެ.

ތަފްސީލް - ފުރަތަމަ ޑޮކްޓަރަށް ދެއްކި އިރު މާ ބޮޑު ކަމަކަށް ޝައްކުނުކުރެވުނު ކަމަށް އެނގިފައިވެ އެވެ. ނަމަވެސް ފަހުން ހާލު ބޮޑުވެގެން ދިއުމުން ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދޭން ޖެހޭ ހިސާބަށް އޮތީ ގޯސްވެފަ އެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަން އާރިފް އަދާކުރީ ސައުދީ ރަސްގެފާނުގެ ހާއްސަ ދައުވަތުގައި ސައުދީ އެމްބަސީން ހައްޖަށް ފޮނުވި މީހުންގެ ތެރޭގައި ހިމެނިގެންނެވެ. 

މި އަހަރުގެ ހައްޖުގެ އަޅުމަކަށް ސައުދީ ރަސްގެފާނުގެ ދައުވަތުގައި ފޮނުވަން ސައުދީ އެމްބަސީން ހޮވި މީހުންގެ ތެރޭގައި ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ)، ކަނާތުން ދެވަނައަށް

ހައްޖާއި އުމުރާގެ ތެރޭގައި ނޭވާލުމުގެ ނިޒާމުގެ އެކި މައްސަލަތައް ދިމާވެ އެވެ. އެތައް ލައްކަ ބަޔަކު އެއް ތަނަކަށް ޖަމާވެގެން އުޅޭއިރު އެކި ކަހަލަ ރޯގާތައް ވެސް ވަރަށް ބޮޑަށް ފެތުރެ އެވެ. ބައެއް ފަހަރަށް ނިއުމޯނިޔާއަށް ވެސް ހާލަތު ބަދަލުވެ އެވެ.

ރެ އާއި މިއަދު ސޯޝަލް މީޑިއާގައި އޮތީ އާރިފަށް ހެޔޮ ދުއާގެ މެސެޖްތަކެވެ.

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ މިޑްފީލްޑަރަކީ ސާފް ޗެމްޕިއަންޝިޕް 2008ގައި ރާއްޖެއިން ފުރަތަމަ ކާމިޔާބުކުރި ޓީމުގެ ވެސް މެމްބަރެކެވެ. އޭގެ ފަހުން 2018ގައި އެ ތަށި ދެވަނަ ފަހަރަށް ހޯދިއިރު އޭނާ ހުރީ އެންމެ މުހިންމު އެއް ކުޅުންތެރިޔާގެ ގޮތުގަ އެވެ. އާރިފަކީ ދެ ފަހަރަށް އެ ތަށި ކާމިޔާބުކުރި އެންމެ ދެ ކުޅުންތެރިންގެ ތެރެއިން އެކެކެވެ. އޭނާއާ އެކު އެ ޝަރަފް ހިއްސާކުރަނީ 2018ގެ ކެޕްޓަން އަކުރަމް އަބްދުލްގަނީ އެވެ.

ކޮމެންޓް (1)

profile-image-placeholder

ހާސަރު

25 ޖޫން 2024
އަވަސް ޝިފާއެއް މިންވަރު ކުރައްވާށި...އާމީން!

އިތުރު އާޓިކަލް

އިތުރު އާޓިކަލް