މިފްކޯއަށް ކިރާފައިވާ މަހަށް ފައިސާ ލިބުން ލަސްވެގެން އައްޑޫ ހުޅުމީދޫގައި މަސްވެރިން މުޒާހަރާކުރަނީ

މަސްވެރިން

މިފްކޯ ފެކްޓްރީ ތެރެއިން މަސްވެރިން ނެރެން ފުލުހުން މަސައްކަތް ކުރަނީ

ފުލުހުން ބުނީ ގާނޫނާއި ގަވާއިދުތަކުގެ ތެރޭގައި މުޒާހަރާގެ ކަންކަން ކުރިއަށް ގެންދަން ފުރުސަތު ދޭނެ ކަމަށް

އައްޑޫ، ހުޅުދޫގައި ގާއިމްކޮށްފައިވާ މިފްކޯ ފެކްޓްރީގައި މަސްވެރިން ކުރަމުންދާ މުޒާރަހާގެ ސަބަބުން އެތަނުގެ އޮޕަރޭޝަނަށް ހުރަސް އެޅިފައިވާތީވެ، އަލުން އެތަނުގެ 'އޮޕަރޭޝަން ފެށޭނެ މާހައުލެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ' ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ވީ ކިހިނެއް؟ - މިފްކޯއަށް ކިރާފައިވާ މަހަށް މިދިޔަ ތިން މަހެއްހާ ދުވަހު ފައިސާ ނުލިބޭ ކަމަށް ބުނެ، އިއްޔެ އިން ފެށިގެން މިފްކޯގެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސްވެރިން ދަނީ މުޒާހަރާކުރަމުންނެވެ. މިކަމުގެ ސަބަބުން އެ ފެކްޓްރީގެ އޮޕަރޭޝަނަށް ބުރޫ އަރާފައިވާތީވެ، ފުލުހުން މިރޭ ވަނީ ބަޔާނެއް ނެރެފަ އެވެ.

ބުނީ ކީކޭ؟ - "މި އިހުތިޖާޖާ ގުޅިގެން މިފްކޯގެ އައްޑޫ ފިޝަރީޒް ކޮމްޕެލެކްސްގެ އޮޕަރޭޝަންތަކަށް ހުރަސް އެޅިފައިވުމާ އެކު އޮޕަރޭޝަން އަލުން ފެށޭނެ މާހައުލެއް އުފެއްދުމަށް ވެސް ދިވެހި ފުލުހުންގެ ހިދުމަތުން މަސައްކަތް ކުރަމުުން ގެންދާ ވާހަކަ ދަންނަވަމެވެ،" އެ ބަޔާނުގައި ބުންޏެވެ.

ތަފްސީލު - ބަޔާނުގައި އިތުރަށް ބުނީ:

  • އެ އިހްތިޖާޖު، ސުލްހަވެރިކަމާ އެކު ގާނޫނީ އިމުގެ ތެރެއިން ގެންދިޔުމުގެ ފުރުސަތު ދަނީ ދެމުން

  • ފުލުހުން އަމަން ގާއިމްކޮށް ރައްކާތެރިކަން ކަށަވަރުކުރަން އަޅާ ފިޔަވަޅުތަކަށް މަސްވެރިންގެ ފަރާތުން ވެސް އެއްބާރުލުންދީ، ގާނޫނާއި ގަވައިދާ ހިލާފު އަމަލެއް ނުކުރުމަށް އެދެން

"އިހްތިޖާޖު ކުރުމުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުގައި، އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނާ އަދި އެހެނިހެން ގާނޫނުތަކާއި ގަވައިދުތަކުގެ ހުދޫދުގެ ތެރެއިން މަސްވެރިންގެ ކަންބޮޑުވުންތަކާއި ޝުއޫރުތައް ފާޅުކުރުމުގައި ފުލުހުންގެ ފަރާތުން ސެކިއުރިޓީ ލައިން ގާއިމްކޮށް މަސްވެރިންނަށް ދޭން ޖެހޭ އެއްބާރުލުން ދޭނެކަމުގައި ވެސް ދަންނަވަން،" ފުލުހުން ބުންޏެވެ.

ފުލުހުން އިލްތިމާސްކުރަނީ މިފަދަ އިހްތިޖާޖުތަކުގައި ގާނޫނާއި ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތައި، އާންމު މަސްލަހަތު އިސްކުރުމަށެވެ.

ކޮމެންޓް (2)

ސިކުނޑި

23 ޖޫން 2024
ސަރުކާރުން މިހެން ކަންތައް ކުރަންޏާ ރައްޔިތުންވެސް އަތްމަތި ދަތިވީމާ ކަރަންޓާއި ފެންބިލު ދައްކަން އުޒުރުވެރިވާނެ! ކޮބާތަ ރާއްޖޭގައި އޮންނަ ހިއުމަން ރައިޓްސް މަސްވެރިންނަކީ އިންސާނުންނެއް ނޫންތަ؟ ވަޒީރު ކޯއްޗެ ޗެ ހަދަނީ!
0 0

ސިކުނޑި

23 ޖޫން 2024
ފުލުހުންނަށް ދަންނަވާލަން ތިކަން ކުރަން ވަރަށް ފަސޭހަގޮތެއް! ފުރަތަމަ ފިނޭންސް މިނިސްޓްރީއަށް ވަދެއް ފައިސާކޮޅެއް ހިފައިގެން ގޮސް އެވެރިން އަތަށްދީ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް