31 މެއި 2024: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައިވާ ޓެކްސޯތަކާއި ކިއުގަ މީހުން މަދުކޮއްފަިވާތަން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

'ޑްރަގް ލަގެޖެއް ވަގަށް ބޭރުކުރަން އުޅުނު' އެމްއޭސީއެލްގެ މުވައްޒަފަކު ޝަރުތުތަކާ އެކު ދޫކޮށްލައިފި

ޝަރުތުތަކާއެކު އޭނާ ދޫކޮށްލީ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން

ޑްރަގު ހުރި ލަގެޖެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަގަށް ބޭރުކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެމްއޭސީއެލްގެ މުވައްޒަފެއް ޝަރުތުތަކާ އެކު ދޫކޮށްލައިފި އެވެ.

ވީ ކިހިނެއް؟ - ޝަރުތުތަކާ އެކު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ އޭނާގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ އެ ކޯޓަށް ގެންދިއުމުންނެވެ.

ތަފްސީލް - އެ މައްސަލައިގައި ހައްޔަރުކުރި ދެ މުވައްޒަފުންގެ ތެރެއިން ދޫކޮށްލާފައިވަނީ އަލީ ހުސައިން، ފެހިއަލިގެ، ހދ. ކުޅުދުއްފުށި އެވެ. އޭނާއަށް ކޮށްފައިވާ ޝަރުތުތަކަކީ:

  • މާލޭ ސިޓީން ބޭރަށް ދާނަމަ ކޯޓުގެ ހުއްދަ ލިޔުމުން ހޯދުން

  • އިތުރު ކުށަކަށް އަރައިނުގަތުން

  • ކޯޓުން އަންގާ ގަޑިއަށް ކޯޓަށް ހާޒިރުވުން

  • މައްސަލައިގައި ހިމެނޭ އެއްވެސް ހެއްކަކާއި އެއްވެސް މުއާމަލާތެއް އަދި މުވާސަލާތެއް ނުކުުރުން

އަލީ ހުސައިންގެ މައްޗަށް ތުހުތުމަކޮށްފައިވަނީ ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުން އަދި ޖަދުވަލު1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުުރުމުގައި ބައިވެރިވުމެވެ.

ޑްރަގްހުރި ލަގޭޖެއް ބޭރުކުރަން އުޅުނު މައްސަލަ ހިނގާފައިވަނީ މިިދިޔަ މާޗ ުމަހުގެ މެދުތެރޭގަ އެވެ. އެކަމާ ގުޅޭ ގޮތުން ފުލުހުން ކުރިން ބުނެފައިވަނީ

  • މިދިޔަ މާޗު މަހު 15ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަގަށް ބޭރު ކުރަން އުޅުނު އެ  ލަގެޖްގައި މަސްތުވާތެކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އާއި މެތްގެ 4.5 ކިލޯއަށް ވުރެ ގިނަ ޑްރަގު ހުރި ކަމަށް

  • "އުސޫލުން ބޭރުން" މި ލަގެޖު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޭރު ކުރަން އުޅުމުގެ މައްސަލާގައި އެމްއޭސީއެލްގެ ދެ މުވައްޒަފަކު ހައްޔަރުކޮށްފައިވޭ

  • އޭގެ އިތުރުން އެ ލެގެޖާ ހަވާލުވާން ދިޔަ މީހާ އާއި ޕާކިސްތާން މީހެއް ވެސް މި މައްސަަލާގައި ހައްޔަކޮށްކޮށްފައިވޭ

  • އަދި އެ މުވައްޒަފުން ބަންދާމެދު ގޮތެއް ނިންމަން އޭޕްރިލް 7ގައި ކޯޓަށް ހާޒިރުކުރުމުން މި މައްސަލާގައި ހިމެނޭ އެންމެ އިސް މީހާ ކަމަށް ބެލެވޭ އެމްއޭސީއެލްގެ ސީނިއާ މުވައްޒަފަކު ދޫކޮށްލާފައިވޭ

  • ޝަރުތުތަކާ އެކު އޭނާ ދޫކޮށްލާފައި ވަނީ "ކޮންމެވެސް ވަރަކަށް ހެކި" ހުއްޓާ ކަމަށް 

އެނގިފައިވާ ގޮތުގައި މި ލަޖެޖަކީ ޕާކިސްތާން މީހާ އެގައުމުން ރާއްޖެ އައި އިރު ގެނައި ލަގެޖެކެވެ.

ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ އަހަރު ކުރީކޮޅު ވެސް މިފަދަ މައްސަލައެއް ފެންމަތިވެ، އެކަން ފުލުހުން ތަހުގީގު ކުރި އެވެ. އޭރު ފުލުހުން އެ މައްސަލަ ބެލީ،  ޑްރަަގު ހުރި ދެ ފޮށި އެއާޕޯޓް ތެރެއިން ގެއްލިގެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް