ވިލާ ކޮލެޖްގެ ޕްރޮގްރާމްތަކާއި ޔުނިވާސިޓީ އޮފް ވެސްޓް އޮފް އިންގްލެންޑް (ޔޫޑަބްލިއުއީ)އާ ގުޅިގެން ހިންގާ ޕްރޮގްރާމްތަކުގެ ދަސްވެނިވުން. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

މަތީ ތައުލީމު

ޝަރުތު ހަމަވި 1،015 ދަރިވަރުންނަށް ލޯނު ދޭން ނިންމައިފި

މަތީ ތައުލީމާއި ތަމްރީނުގެ ލޯނުގެ 500 ފުރުސަތު މިއަހަރު ހުޅުވާލި ނަމަވެސް ސަރުކާރުން ނިންމީ ލޯނަށް ހުށަހެޅި ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް ލޯނު ދޫކުރުމަށް

މަތީ ތައުލީމާއި ތަމްރީނުގެ ލޯނަށް އެދި ހުޅުވާލި ފުރުސަތުގައި ކުރިމަތިލި 1،709 ދަރިވަރުންގެ ތެރެއިން ލޯނަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޭން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މަތީ ތައުލީމާއި ތަމްރީނުގެ ލޯނުގެ 500 ފުރުސަތު މިއަހަރު ހުޅުވާލި އެވެ. ނަމަވެސް، ސަރުކާރުން ނިންމީ ލޯނަށް ހުށަހެޅި ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް ލޯނު ދޫކުރުމަށެވެ.

ތަފްސީލް - ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ ޝަރުތު ހަމަވާ 1،015 ކުދިންނަށް ލޯނު ދޭން ނިންމާފައިވާ ކަމަށެވެ.

ލޯނު ލިބޭ ދަރިވަރުުންގެ ލިސްޓު މިހާރު އާންމުކޮށްފައި ވާއިރު، ލިސްޓު މިނިސްޓްރީގެ ވެބްސައިޓުން ފެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެެ ތެރެއިން ޕައިލެޓު ލައިސެންސިންއަށް ކުރިމަތިލި ދަރިވަރުންގެ ފެންނަން ހުންނާނީ ވަގުތީ ނަތީޖާ ކަމަށާއި އެހެން ދާއިރާތަކުގެ ރަސްމީ ނަތީޖާ ފެންނަން ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ލޯނާ މެދު ޝަކުވާ އޮތް ނަމަ، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 25ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

ފާހަގަ ކުރެވޭ ކަމެއް - ޕައިލެޓުކަން ކިޔަވަމުންދާ ކުދިންނާ އެއް އަދަދަކަށް ރާއްޖޭގައި ވަޒީފާ ނުއުފެދޭތީ މި އަހަރު ޕައިލެޓުކަން ކިޔެވުމަށް ލޯނު ފުރުސަތު ދޭނީ 10 ދަރިވަރުންނަށް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެ މިނިސްޓްރީން ބުނީ:

  • އެ ފުރުސަތުތައް ދޭނީ މެރިޓު އުސޫލުން، ކިޔެވުމުގެ ފުރުސަތު ދޭނީ މޯލްޑިވިއަން އިން އައްޑޫގައި ހިންގާ އޭވިއޭޝަން އެކެޑެމީގައި

ކޮމެންޓް (1)

ޙަސަން ފަރީދު

11 ޖޫން 2024
ޅޯނު ފައިސާ އަނބުރާ ދައްކަނީ ޓްރާންސްޕޯޓް މިނިސްޓަރުތަ؟ ސަރުތުހަމަ ވާ ކުދިންނަށް އެކުދިން އެދިފަވާ ގޮތަށް ލޯނު ދިނުން އެދެން ! ޕައިލެޓް ކޯހަށް 10 ޖާގަ ދިނުން ކަމަކު ނުދޭ! ބުނާ ބަހާ އަމަލު ދިމާނުވޭ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް