މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

20 ވަނަ މަޖިލީހުގެ ފުރަތަމަ ކުއްލި މައްސަލަ އިދިކޮޅުން؛ އައްޑޫގެ ފެނުގެ މައްސަލަ

އެ މައްސަލައަށް ބަހުސް ކުރުމަށް ފާސްވީ 83 މެންބަރުންގެ ވޯޓުން

މިހާރު ފަށާފައިވާ 20 ވަނަ މަޖިލީހުގެ ފުރަތަމަ ކުއްލި މައްސަލައަކަށް އިދިކޮޅު އެމްޑީޕީން މިއަދުގެ މަޖިލިސް ޖަލްސާއަށް ހުށަހެޅި އައްޑޫގެ ފެނުގެ ހިދުމަތް ލިބުމުގެ ދަތިތަކާ ގުޅޭ ކުއްލި މައްސަލަ ބަލައިގެންފި އެވެ.

ވީ ކިހިނެއް؟ - މި މައްސަލަ އިދިކޮޅު އެމްޑީގެ ފަރާތުން ހުށަހެޅުއްވީ، އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާޙިމް ނާޒިލް އެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރީޓީއެއް އޮތް މަޖިލީހުން، މި މައްސަލައަށް ބަހުސް ކުރުމަށް ފާސްވީ 83 މެންބަރުންގެ ވޯޓުންނެވެ.

ކުއްލި މައްސަލަ ހުށަހެޅުއްވި ނާޒިލް

ތަފްސީލު - ކުއްލި މައްސަލަ ހުށަހަޅުއްވަމުން ނާޒިލް ވިދާޅުވީ:

  • މިދިޔަ އޭޕްރީލް މަހުން ފެށިގެން، އައްޑޫ ހިތަދޫ އާއި މަރަދޫ، މަރަދޫފޭދޫ އަދި ފޭދުއަށް ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުން އައި ސާފު ފެނުގެ ހިދުމަތް ފޯރުކޮށްދިނުމުގައި އިންތިހާއަށް ދަތިތަކެއް ކުރިމަތިވެފައިވޭ

  • އޭގެ ސަބަބުން ރައްޔިތުންގެ އާންމު ދިރުއުޅުމަށް ބުރޫއަރައި އެތަކެއް ތަކްލީފެއް ދަނީ ކުރިމަތިވަމުން

  • ފެނަކައިން މި މައްސަލަ ހައްލު ކުރުމަށް ވަނީ ނުކުޅެދިފައި

ނާޒިލް ވިދާޅުވި ގޮތުގައި، މި މައްސަލައިގައި ޒިންމާވާނެ ފަރާތަކީ ކޮބައިކަން ވެސް ރައްޔިތުންނަށް ނޭނގެ އެވެ. އެހެންވެ ކުއްލި މައްސަލައިގައި އޭނާ ސަރުކާރަށް ގޮވާލެއްވީ، މި މައްސަލަ ވަގުތުން ވަގުތައް ހައްލުކޮށްދިނުމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް