ކްރިމިނަލް ކޯޓް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ކްރިމިނަލް ކޯޓު

މާދަމައިން ފެށިގެން ހުޅުމާލޭ އިމާރާތުގައި ޖިނާއީ ޝަރީއަތްތައް ފަށަނީ

ކްރިމިނަލް ކޯޓުގެ ހަ ސެކްޝަނެއްގެ ޝަރީއަތްތައް ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަންގެ ތިން މާލަމެއްގައި ކުރިއަށް ދާނެ

ކްރިމިނަލް ކޯޓުގެ އިމާރާތް ބާވެ، އެ ކޯޓުގެ މަސައްކަތް ގާތްގަނޑަކަށް ހުއްޓިފައި އޮތުމަށް ފަހު، މާދަމާ އިން ފެށިގެން އެ ކޯޓުގެ ޝަރީއަތްތައް ހުޅުމާލޭގައި ހުންނަ ސިވިލް ކޯޓުގެ އިމާރާތުގައި ކުރިއަށްގެންދަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އެކަން އިއުލާނުކޮށް ކްރިމިނަލް ކޯޓުގެ ފަރާތުން މިއަދު 'އެކްސް'ގައި ކުރި ޕޯސްޓުގައި ބުނީ:

  • އެ އިމާރާތުގައި ހުރި ޝަރީއަތްކުރާ ތިން މާލަމުގައި ކްރިމިނަލް ކޯޓުގެ ހަ ސެކްޝަނެއްގެ އަޑުއެހުންތައް ބޭއްވޭނެ؛ އެ ސެކްޝަންތަކަކީ، ބީ2، ބީ3، ބީ5، ބީ8، ބީ10، އަދި ބީ11

  • ވަގުތީ ގޮތުން ގެނެވުނު ބަދަލާއި ގުޅިގެން މާލޭގައި ހުރި ކޯޓުގެ އިމާރާތުން ޝަރީއަތްކުރާ ތިން މާލަން ވަނީ ހުސްކުރެވިފައި؛ އެހެންކަމުން ޝަރީއަތްތައް ކުރިއަށް ގެންދިޔުމަށް ޖުމްލަ ހަ މާލަން ލިބިފައިވޭ

  • ޝަރީއަތްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ހަ މާލަން 11 ގާޒީންގެ މެދުގައި ބަހާލައިގެން؛ އިސްކަން ދޭނީ ދުވަސްވީ މައްސަލަތަކާއި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް

އެނގުން މުހިއްމު - މާލޭގައި ކްރިމިނަލް ކޯޓު ހިންގަމުންދާ އިމާރާތުގެ ހާލަތު ހުރި ގޮތުން ކޯޓުގެ އިމާރާތުން ބައެއް ބޭނުން ނުކުރަން މިދިޔަ އަހަރު ފެބްރުއަރީގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ އަންގާފަ އެވެ. އަދި އޭގެ ފަހުން ކޯޓުގެ އިމާރާތައް ފެން ފައިބާ ކަރަންޓު ނިޒާމަށް ފެނުގެ އަސަރު ކުރުމުގެ ސަބަބުން ކޯޓުގެ ޝަރީއަތްތައް ކުރިއަށް ގެންގޮސްފައިވަނީ އެންމެ ޝަރީއަތްކުރާ މާލަމެއްގަ އެވެ.

އެކަމާ ގުޅިގެން ޖިނާއީ ޝަރީއަތްތައް މުޅިން ހުއްޓިފައިވާ ކަމަށް ވިދާޅުވެ، އުއްތަމަ ފަނޑިޔާރު އަހުމަތު މުއުތަސިމް އަދުނާން ވެސް ހިމެނިވަޑައިގަންނަވާހެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.

ފާހަގަކޮށްލެވޭ - އެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން، މި ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ ރޯދަ މަސް ތެރޭގައި ހުޅުމާލޭގައި ހުރި އިމާރާތަކަށް އެ ކޯޓު ބަދަލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް