ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗް ފްރޮންޓް ބިންތައް: އެތަންތަނުން ބިން ވިއްކަން އެޗްޑީސީން މިއަދު ވަނީ ބީލަމަށް ހުޅުވާލާފައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އެޗްޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހިން، ދިރިއުޅެން ބިން ވިއްކަން ހުޅުވާލައިފި

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ދިރިއުޅުމަށް ދޫކުރާ ބިން، ބީލަމުގެ އުސޫލުން ވިއްކަން ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟- ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނިގޮތުގައި ވިއްކަން ހުޅުވާލާފައިވަނީ:

  • ދެ ވަނަ ފިޔަަވަހީގެ ބީޗްސައިޑުން 13 ބިން

  • އޭގެ ތެރޭގައި 1،864 އަކަފޫޓާއި 2،408 އަކަފޫޓާ ދެމެދުގެ ބިން ހިމެނޭ

އެތަނުން ބުނިގޮތުގައި ދިރިއުޅުމުގެ ބޭނުމަށް ބީލަމުގެ އުސޫލުން ދޫކުރުމަށް މިއަދު އިއުލާން ކުރި ބިންތައް ގަތުމަށް އެޕްލިކޭޝަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ އެ ކޯޕަރޭޝަނުގެ ބިޑް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ.

މި ބީލަމުގައި ބައިވެރިވެވެނީ ހަމައެކަނި ދިވެހިންނަށެވެ. އޭގެ ތެރޭގައި %100 ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު އޮވެ އެވެ.

އެޗްޑީސީން ބުނިގޮތުގައި ބިން ވިއްކުން ކުރިއަށް ގެންދަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. އެއީ:

  • އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުން

  • ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައިވާ ނަމަ ބިޑް ކުރުން

އެޗްޑީސީން ބުނީ މި ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 4،000 ރުފިޔާ ކަމަށެވެ.

ކޮމެންޓް (1)

profile-image-placeholder

ނަށީދު

9 މޭ 2024
ޢެއްވެސް ބޭފުޅަކު ބިން ނުގަންނާތި، ދެން އަންނަ އެމްޑީޕީ ސަރުކާރެއްގަވެސް ބިން ދޭނީ ހިލޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް