ވިލިމާލެ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން

ވިލިމާލެ

ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް ގަވައިދު އިސްލާހުކޮށްފި

މީގެ ކުރިން ވިލިމާލެ އިމާރާތް ކުރެވެނީ، ހަ ބުރިއަށް

ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެނަވޭ ގޮތަށް ގަވައިދު އިސްލާހުކޮށްފި އެވެ.

ވީ ކިހިނެއް؟ - މިގޮތަށް ހުއްދަ ދޭ ގޮތަށް ހެދީ، ހައުސިން މިނިސްޓްރީން މިއަދު ގެޒެޓް ކުރި މާލޭ ޕްލޭނިންގް ގަވައިދުގެ ވިލިމާލެ އަވަށުގެ ބަޔަށް ގެނައި ހަތް ވަނަ އިސްލާހުގަ އެވެ.

ތަފްސީލު - އެ ގަވައިދު ކުރިން އޮންނަ ގޮތުން، ވިލިމާލޭގައި ދިރުއުޅުމަށް ވެސް އަދި ދިރިއުޅުމަށް ނޫން އެހެން ބޭނުންތަކަށް ވެސް ދޫކޮށްފައިވާ ގޯތީގައި އެންމެ އުސްކޮށް އިމާރާތް ކުރެވެނީ، ހަ ބުރި އަށެވެ.  އެއީ:

  • ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި، 19.20 މީޓަރު ނުވަތަ 63 ފޫޓު

  • އަދި ދިރިއުޅުމަށް ނޫން ބޭނުންތަކަށް ދޫކޮށްފައިވާ ގޮތީގައި 18.5 މީޓަރު ނުވަތަ 61 ފޫޓު

ނަމަވެސް މިހާރު ގަވައިދަށް ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން، ދިރިއުޅުމަށް ވެސް އަދި ދިރިއުޅުމަށް ނޫން އެހެން ބޭނުންތަކަށް ވެސް ދޫކޮށްފައިވާ ގޯއްޗެއްގައި އެންމެ އުސްކޮށް އިމާރާތް ކުރެވެނީ، 10 ބުރިއަށެވެ. އެއީ:

  • ދެ ބާވަތުގެ ގޯތީގައި ވެސް، 30.48 މީޓަރު ނުވަތަ 100 ފޫޓު

އިސްލާހުގައިވާ ގޮތުން، ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗެއްގައި އެންމެ އުސްކޮށް އިމާރާތް ކުރެވޭނީ އެކަމަށް ހާއްސަ ފޯމިއުލާއަކުންނެވެ. އެ ފޯމިއުލާ ގަވައިދުގައި ހިމަނާފައިވެ އެވެ.

އޭގެ އިތުރުން، ދިރިއުޅުމަށް ނޫން ބޭނުންތަކަށް ދޫކޮށްފައިވާ ގޯއްޗެއްގައި އެންމެ އުސްކޮށް 10 ބުރިއަށް އިމާރާތް ކުރެވޭނީ، 20،000 ފޫޓަށް ވުރެ އެ ގޯއްޗެއް ބޮޑު ނަމަ އެވެ. އަދި 2،000 ފޫޓަށް ވުރެ ގޯތި ކުޑަ ނަމަ، އިމާރާތް ކުރެވޭނީ، ހަ ބުރިއަށްކަމަށް އެ އިސްލާހުގައި ބުނެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭނެ ގޮތަށް ހެދުމަކީ، ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނު މާލޭ މޭޔަރަކަށް ހުންނެވި އިރުވެސް މިކަން ކުރުމަށް މަސައްކަތް ކުރެއްވި އެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެކަމަށް ހުރަސް އެޅި ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް