11 ފެބްރުއަރީ 2024، ކްރިމިނަލް ކޯޓް. (ދައުރު ފޮޓޯ/ މުހައްމަދު އަމާން)

ޓިކްޓޮކުގައި އަންހެން ހެދުން އަޅައިގެން އުޅޭ ނަބީލުގެ ބަންދަށް 15 ދުވަސް ޖަހައިފި

އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވަނީ އޭނާގެ ބަންދުގެ މުއްދަތު ޖަހަން މިއަދު ކޯޓަށް ހާޒިރުކުރުމުން، ކުރިން އޭނާ ދޫކޮށްލީ 60 ވަންދެން ސޯޝަލް މީޑިއާގައި އެއްވެސް އެއްޗެއް ޕޯސްޓް ނުކުރުމަށް ޝަރުތުކޮށް، އެހެން ނަމަވެސް އޭނާ ވަނީ އެކަމަށް އިހުތިރާމްނުކޮށްފައި

ޓިކްޓޮކްގައި ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ވީޑިއޯ އާންމުކުރަމުންދާ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) ހައްޔަރުކޮށްފި އެވެ. 

ވީ ކިހިނެއް؟ - ޓިކްޓޮކްގައި ބަރަހަނާ ފޮޓޯ އާއްމު ކުރި މައްސަލާގައި މީގެ ކުރިން ވެސް ހައްޔަރުކޮށް އޭނާގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވެ މިދިޔަ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަސްތެރޭ 1 އަހަރު ދުވަހަށް އޭނާ ޖަލަށްލި އެވެ. 

ހުކުމުން މިނިވަންވި ފަހުން އަނެއްކާ ވެސް ނަބީލް އަންހެން ހެދުން އަޅައިގެން ޓިކްޓޮކް ހަދާ މައްސަލަ މީޑިއާގައި ވަނީ ފެންމަތިވެފަ އެވެ. ފުލުހުން އިއްޔެ ވަނީ އޭނާ އަލުން ހައްޔަރުކޮށްފަ އެވެ. ހައްޔަރުކުރި ސަބަބެއް ކަމަށް ބުނީ، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯ ޝާއިއުކުރަމުންދިއުމެވެ.

ތަފްސީލް - މިއަދު ފުލުހުން ބުނީ، އޭނާގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާްޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ބަންދަށް ދީފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ފާހަގަކޮށްލެވޭ ކަމެއް - އަމިއްލައަށް ބަރަހަނާ މަންޒަރު ރެކޯޑްކޮށް އެމަންޒަރު އޭނާ އެންމެ ފުރަތަމަ އާއްމުކުރީ، 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ. އޭރު ވެސް ފުލުހުން އޭނާ ހައްޔަރުކުރީ، ހައްޔަރު ކުރުން ލަސްވަމުން ދާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެތީ އާއި ހެކި ނައްތާލަފާނެ ކަމަށް ބެލެވޭތީ މަހެއްހާ ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހު، އެފަހަރު ވެސް އޭނާ ދޫކޮށްލީ އެވެ. އޭރު އޭނާ ދޫކޮށްލީ ފަސްދޮޅަސް ދުވަސް ވަންދެން ސޯޝަލް މީޑިއާގައި އެއްވެސް އެއްޗެއް ޕޯސްޓު ނުކުރުމަށް ޝަރުތުކޮށް ކަމަށް ވިއަސް، 2022 ވަނަ އަހަރުތެރޭ އޭނާ އަލުން ހައްޔަރުކޮށް ދައުވާ އުފުލުމާ ހަމަޔަށް އޭނާ ދިޔައީ އަހްލާގީ މިންގަނޑު ދަށް ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ނެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް