އިއްޔެ ބޭއްވި ރ. މަޑުއްވަރީ ކައުންސިލް ރައީސްގެ ބައި-އިލެކްޝަންގެ ވޯޓުލުމުގެ ތެރެއިން (ފޮޓޯ/ އިލެކްޝަންސް ކޮމިޝަން.

ކައުންސިލް ބައި-އިލެކްޝަންތަކުން ޕީއެންސީއަށް 4، އިދިކޮޅަށް 2

އިއްޔެ ބޭއްވި ހަ ބައި-އިލެކްޝަންގެ ތެރެއިން ފަސް ބައި-އިލެކްޝަނެއްގައި އެމްޑީޕީ ބައިވެރިވި އިރު، އެ ޕާޓީއަށް ލިބިފައި ވަނީ 1 ގޮނޑި

އިއްޔެ ބޭއްވި ކައުންސިލް ބައި-އިލެކްޝަންތަކުން ސަރުކާރު ހިންގާ ޕީއެންސީއިން ހަތަރު އިންތިހާބެއް ކާމިޔާވި އިރު، އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްއަށް އެއް އިންތިހާބު ކާމިިޔަބުވެފައިވާ ކަމަށް ވަގުތީ ނަތީޖާއިން ދައްކައިފި އެވެ.

ވީ ކިހިނެއް؟ - އިލެކްޝަންްސް ކޮމިޝަނުން އިއްޔެ ބާއްވާފައި ވަނީ އެއް ކައުންސިލެއްގައި ރައީސް އަދި ފަސް ކައުންސިލެއްގެ މެންބަރުކަން ހިމެނޭ ގޮތަށް ހަ ބައި-އިލެކްޝަނެކެވެ.

ތަފްސީލު - އިލެކްޝަންސް ކޮމިޝަނުން ރޭގެ ވަގުތެއްގައި ވަނީ މި އިންތިހާބުތަކުގެ ވަގުތީ ނަތީޖާ އިއުލާންކޮށްފަ އެވެ.

އެގޮތުން:

  • 1-

    މ. މަޑުއްވަރީ ކައުންސިލް ރައީސްކަން ކާމިޔާބު ކުރައްވާފައި ވަނީ ޑިމޮކްރެޓްސްގެ މުހައްމަދު އާޒިމް އަލީ (ޓޮޓީ)

  • 2-

    ހއ. އުތީމު ކައުންސިލްގެ މެންބަރުކަން ކާމިޔާބު ކުރެއްވީ ޕީއެންސީގެ އިބްރާހިމް ސުނާން

  • 3-

    ނ. ލަންދޫ ކައުންސިލްގެ މެންބަރުކަން ކާމިޔާބު ކުރެއްވީ އެމްޑީޕީގެ އަބްދުﷲ އާރިފް 

  • 4-

    ނ. ވެލިދޫ ކައުންސިލްގެ މެންބަރުކަން ކާމިޔާބު ކުރެއްވީ ޕީއެންސީގެ އަބްދުﷲ އަބްދުއްރައްޒާގު

ބާކީ، ދެ ބައި-އިލެކްޝަންއަކީ، ދެ ކައުންސިލެއްގައި އަންހެން މެންބަރުންގެ އިންތިހާބެވެ. އެ ދެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ ޕީއެންސީ އެވެ. އެއީ:

  • 1-

    ހއ. ތަކަންދޫ ކައުންސިލް، ސަމީނާ މުހައްމަދު

  • 2-

    ރ. އިންނަމާދޫ ކައުންސިލް، އައިޝަތު ސަމާހާ

ފާހަގަކޮށްލެވޭ - އިއްޔެ ބޭއްވި ހަ ބައި-އިލެކްޝަންގައި ވެސް ޕީއެންސީގެ ފަރާތުން ބައިވެރިވެފައިވާ އިރު، އެމްޑީޕީން ވާދަކޮށްފައި ވަނީ ފަސް ބައި އިލެކްޝަނެއްގަ އެވެ.

ޑިމޮކްރެޓްސްއިން ކާމިޔާބު ކުރި މަޑުއްވަރީ ކައުންސިލްގެ ރައީސްގެ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކޮށްފައެއް ނުވެ އެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް