ކްރައިމް ސީނެއްގައި ފުލުހެއް ހަރަކާތްތެރިވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
ޓިކްޓޮކްގައި އަންހެން ހެދުން އަޅައިއިގެން އުޅޭ ނަބީލް ހައްޔަރުކޮށްފި
ޓިކްޓޮކްގައި ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ވީޑިއޯ އާންމުކުރަމުންދާ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) ހައްޔަރުކޮށްފި އެވެ.
ގުޅުންހުރި ކަމެއް
ނަބީލަކީ މީގެ ކުރިން ވެސް މިފަދަ މައްސަލައެއް ސާބިތުވެ، ޖަލު ހުކުމެއް ތަންފީޒުކޮށްފައިވާ މީހެކެވެ.
ސެޕްޓެމްބަރު 2021 ގައި ޓިކްޓޮކް މެދުވެރިކޮށް އޭނާގެ ޖިންސީ ގުނަވަން ދައްކައި ޖިންސީ އަމަލު ހިންގާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުކުރި މައްސަލައެއްގައި އޮރިޔާން ކާޑު ހެދުމާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާތަކެއް އޭނާގެ މައްޗަށް ސާބިތުވެ، އެއް އަހަރަށް އޭނާ ވަނީ ޖަލަށް ލާފަ އެވެ. އެ ހުކުމް ކުރީ 2022ގެ ތެރޭގަ އެވެ.
ތަފްސީލު - ހުކުމުން މިނިވަންވި ފަހުން އަނެއްކާ ވެސް ނަބީލް އެފަދަ ވީޑިއޯތަކެއް ހަދާ ކަމުގެ މައްސަލަތަކެއް ސޯޝަލް މީޑިއާގައި ވަނީ ފެންމަތިވެފަ އެވެ.
އެ މައްސަލަތަކާ ގުޅިގެން ފުލުހުންގެ ޗީފް ސުޕްރިންޓެންޑް އަހްމަދު ޝިފާން އިއްޔެ ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާއިން މިއަދު ބުނީ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯ ޝާއިއުކުރަމުންދިޔަ 39 އަހަރުގެ ދިވެހި ފިރިހެނެއް ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މެސެޖުގައި ހައްޔަރުކުރި މީހާގެ ވަނަވަރު ނެތް ނަމަވެސް، އެއީ ނަބީލްކަން ފުލުހުންގެ މީޑިއާއިން 'ދައުރު'އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.