'ދަ ޕްރެސް' ނޫހުގެ އެޑިޓަރު އަލީ ޝައްމާން: އޭނާ މިހާރު ވަނީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކޮށްފައި

ޔޫތު މިނިސްޓްރީ

'ދަ ޕްރެސް' ނޫހުގެ އެޑިޓަރު އަލީ ޝައްމާންއަށް ސްޓޭޓް މިނިސްޓަރުކަން ދީފި

އޭނާ އައްޔަންކޮށްފައި ވަނީ ޔޫތް މިނިސްޓްރީއަށް، އޭނާއަކީ އާންމު ހިދުމުތަކުގެ އިނާމް ލިބުމުގެ އިތުރަށް ނޫސްވެރިންގެ ޖަމިއްްޔާ އެމްޖޭއޭ އެއް ފައުންޑަރު

'ދަ ޕްރެސް' ނޫހުގެ އެޑިޓަރު އަލީ ޝައްމާންއަށް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ދީފި އެވެ.

ވީ ކިހިނެއް؟ - ޝައްމާން ވަނީ މީގެ ތިން ދުވަސް ކުރިން އެ ވަޒީފާއަށް ނުކުމެވަޑައިގެންފަ އެވެ. އެކަން އެ މިނިސްޓްރީގެ ފަރާތުން 'ދައުރު'އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ޝައްމާންއަކީ ނޫސްވެރިންގެ ޖަމިއްޔާ(އެމްޖޭއޭ) އުފެއްދުމުގައި އިސްކޮށް އުޅުއްވި އެ ޖަމިއްޔާގެ ތިން ފައުންޑަރުންގެ ތެރެއިން އެއް ފައުންޑަރެވެ. ނޫސްވެރިކަމުގެ ދާއިރާއިން އޭނާއަށް ވަނީ މިދިޔަ ސަރުކާރުގައި ގައުމީ އިނާމު ވެސް ލިބިވަޑައިގެންފަ އެވެ.

ފަސް މަންޒަރު - ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަ ގޮތުގައި ޔޫތު މިނިސްޓްރީގައި ދެ ސެޓޭޓް މިނިސްޓަރުން ތިއްބަވަ އެވެ. މިނިސްޓަރުންގެ ނައިބުންގެ ގޮތުގައި ނުވަ ބޭފުޅަކު ތިއްބަވަ އެވެ. ރައީސް އޮފީހުގެ ވެބްސައިޓް މިހާރު ގަވައިދުން އަޕްޑޭޓް ނުކުރާތީވެ، އެ މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގެ ޖުމްލައެއް ނޭނގެ އެވެ. ނަމަވެސް އެ އަދަދު އެއަށްވުރެ އިތުރުވާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް (1)

profile-image-placeholder

ހޯހޯ އަހުމަދު

2 މޭ 2024
މިއީ ނޫންތޯ ހަޤީޤީ ނޫސްވެރިންނަކީ👏

އިތުރު އާޓިކަލް

އިތުރު އާޓިކަލް