ކުޑަކުއްޖާ ވަގަށް ނަގައިގެން ދިޔަ ލޯންޗު

ފުލުހުން

ލޯންޗުގައި މާލެ އައި ކުއްޖާ އާއިލާ އާ ހަވާލުކޮށްފި

ރަށު ފަޅުގައި އަޅާފައި އޮތް ލޯންޗު ވަގަށް ނަގައިގެން އިއްޔެ ރޭ މެންދަމު ފުރި ކުއްޖާ މާލެ އާދެވުނީ އިއްޔެ ހެނދުނު ނުވައެއް ޖަހާއެހާކަންހާއިރު

މ. އަތޮޅު ރަށެއްގައި އަޅާފައި އޮތް ރިސޯޓެއްގެ ލޯންޗެއް ވަގަށް ނަގައިގެން، އިއްޔެ ރޭ މާލެ އައި 14 އަހަރުގެ ކުޑަ ފިރިހެން ކުއްޖާ އާއިލާ އާ ހަވާލު ކޮށްފި އެވެ.

ވީ ކިހިނެއް؟ - ރަށު ފަޅުގައި އަޅާފައި އޮތް ލޯންޗު ވަގަށް ނަގައިގެން އިއްޔެ ރޭ މެންދަމު ފުރި ކުއްޖާ މާލެ އާދެވުނީ އިއްޔެ ހެނދުނު 9 ޖަހާއެހާކަންހާއިރު އެވެ. 'ލޯބިވެރިޔާ' އަނިޔާއިން ސަލާމަތް ކުރުމަށް ކަމަށް ބުނެ އެ ކުއްޖާ ހުޅުމާލެއަށް އައުމާ އެކު އެ އަންހެން ކުއްޖާ ވެސް ގެއްލުނެވެ.

ތަފްސީލް - އެ ކުދިން ވެސް ރޭ މަގުމަތިން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ދެ ކުދިން ވެސް ފެނުނީ ރޭ ވަރަށް ލަސްވި ފަހުންނެވެ.

އެ ދެ ކުދިން ވެސް އާއިލާތަކާ ހަވާލުކޮށްފައިވާ އިރު ފުލުހުން ބުނީ، މައްސަލަ ބަލަމުންދާ ކަމަށެވެ.

ސިނަމަން ހަކުރާ ހުރާގެ ލޯންޗުގައި ކުޑަކުއްޖާ ރަށުން ފުރީ އައިޑީ ކާޑާއި އޭނާގެ މަންމަގެ ފޯނާއި ބައެއް އަންނައުނު ވެސް ދަބަހަކަށް އަޅައިގެންނެވެ. ކުޑަކުއްޖާގެ ބައްޕައަކީ ކުރިން އެ ރަށުގައި ދޯނި ދުއްވި މީހަކަށް ވުމުން، އެ ކުއްޖާއަށް ވެސް އުޅަނދު ދުއްވަން އެނގޭނެ ކަމަށް އެ ރަށުގެ މީހުން ބުނެ އެވެ. އެކަމަކު އިއްޔެ ރޭ ފަތިހު، އެ ރަށު ބަނދަރުމަތީ މަސް ބާނަން ތިބި މީހުންނަށް ލޯންޗު ނުކުމެގެން ދާ ތަން ފެނުނީ ނުރައްކާތެރި ގޮތަކަށް ކަމަށް އެ މީހުން ބުނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް