ކުޑަކުއްޖާ ވަގަށް ނަގައިގެން ދިޔަ ލޯންޗު

ފުލުހުން

ލޯންޗުގައި މާލެ އައި ކުއްޖާ ފުލުހުން ހޯދައިފި

އެ ކުއްޖާ މާލެ އައިތަނުން، 'ލޯބިވެރިޔާ' ކަމަށް ބުނާ އަންހެން ކުއްޖާ ވެސް ގެއްލުނު

މ. އަތޮޅު ރަށެއްގައި އަޅާފައި އޮތް ރިސޯޓެއްގެ ލޯންޗެއް ވަގަށް ނަގައިގެން، އިއްޔެ ރޭ މާލެ އައި ކުޑަ ފިރިހެން ކުއްޖާ ރޭ ފެނިއްޖެ އެވެ.

ވީ ކިހިނެއް؟- 'ދައުރު'އަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާ ފުލުހުން ހޯދާފައިވަނީ މަގުމަތިންނެވެ. 

ރަށު ފަޅުގައި އަޅާފައި އޮތް ލޯންޗު ވަގަށް ނަގައިގެން ރޭ މެންދަމު ފުރި ކުއްޖާ މާލެ އާދެވުނީ އިއްޔެ ހެނދުނު ނުވައެއް ޖަހާއެހާކަންހާއިރު އެވެ. 'ލޯބިވެރިޔާ' އަނިޔާއިން ސަލާމަތް ކުރުމަށް ބުނެ އެ ކުއްޖާ މާލެ އައުމާ އެކު އެ އަންހެން ކުއްޖާ ވެސް ގެއްލުނެވެ.

އެ ދެމީހުން ވެސް ފެނުނީ ރޭ ވަރަށް ލަސްވި ފަހުންނެވެ.

ސިނަމަން ހަކުރާ ހުރާގެ ލޯންޗުގައި ކުޑަކުއްޖާ ރަށުން ފުރީ އައިޑީ ކާޑާއި އޭނާގެ މަންމަގެ ފޯނާއި ބައެއް އަންނައުނު ވެސް ދަބަހަކަށް އަޅައިގެންނެވެ. ކުޑަކުއްޖާގެ ބައްޕައަކީ ކުރިން އެ ރަށުގައި ދޯނި ދުއްވި މީހަކަށް ވުމުން، އެ ކުއްޖާއަށް ވެސް އުޅަނދު ދުއްވަން އެނގޭނެ ކަމަށް އެ ރަށުގެ މީހުން ބުނެ އެވެ. އެކަމަކު އިއްޔެ ރޭ ފަތިހު، އެ ރަށު ބަނދަރުމަތީ މަސް ބާނަން ތިބި މީހުންނަށް ލޯންޗު ނުކުމެގެން ދާ ތަން ފެނުނީ ނުރައްކާތެރި ގޮތަކަށް ކަމަށް އެ މީހުން ބުނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް