ޓެލެގްރާމް އެޕް ބޭނުންކުރާ މަންޒަރު ފެންނަ ފޮޓޯއެއް

ފުލުހުން

ހަށި ވިއްކުމުގެ ވިޔަފާރިއަށް ބޭނުން ކުރި އިތުރު ޓެލެގްރާމް ޗެނަލްއެއް ހިފަހައްޓައިފި

މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ފުލުހުން ވަނީ މިފަދަ ފަސް ގުރޫޕެއް ހިފަހައްޓާފައި. އަދި އެ ގުރޫޕުތައް ހިންގުމުގައި އުޅޭ މީހުން ހައްޔަރުކޮށް، ތަކެތި ވެސް ހޯދާފައިވޭ

ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ހިތްވަރު ލިބޭ ގޮތަށް ހިންގަމުން ދިޔަ އިތުރު ޓެލެގްރާމް ޗެނަލްއެއް ފުލުހުން ހިފަހައްޓައި، މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟- އެކި ބާވަތުގެ ކުށްތައް ކުރުމަށް ބޭނުން ކުރަމުންދަނިކޮށް ފުލުހުން މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ ފަސް ޓެލެގްރާމް ޗެނަލެއް އަތުލައިގެންފަ އެވެ. އަދި އޭގައި ހިމެނޭ މީހުން ހައްޔަރުކޮށް، ވިޔަފާރިއަށް ބޭނުން ކުރާ އެހިހެން ސާމާނު ވެސް ހޯދި އެވެ.

ފުލުުހުންގެ އިދާރާއިން މިއަދު ބުނީ މި ފަހަރު ހިފެހެއްޓީ، 'އެމްވީ ކޯލްގާލް'ގެ ނަމުގައި ހިންގަމުން ގެންދިޔަ ޓެލެގްރާމް ގުރޫޕެއް ކަމަށެވެ. އެނގިފައިވާ ގޮތުގައި އެއީ ހަށިވިއްކުމުގެ ވިޔަފާރިއަށް ހާއްސަކޮށް ހިންގާ ގުރޫޕެކެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަން އެންގުން ފިޔަވައި، އިތުރު މައުލޫމާތެއް ފުލުހުން އަދި އާއްމެއް ނުކުރެ އެވެ.

އެނގުން މުހިއްމު- މިދިޔަ އަހަރުގެ އެޕްރީލް މަހުން ފެށިގެން އެއް ނެޓްވޯކަކުން ހިންގަމުން އައި ފަސް ޓެލެގްރާމް ޗެނަލެއް ފުލުހުން ހިފެހެއްޓި އެވެ. އެކަމާ ގުޅޭ ގޮތުން ފުލުހުން އާންމު ކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި:

  • އެ ޗެނެލްތަކުގެ އަޑީގައި ތިބި ކަމަށް ތުހުމަތުވާ ދެ ދިވެހިން ވަނީ ހައްޔަރުކޮށްފައި؛ އޭގެ ތެރޭގައި ހިމެނެނީ، 28 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ އަންހެނެއް

  • އެމީހުންނާ ގުޅިގައިވާ އެކައުންޓުތަކުން ގިނަ އަދަދެއް ފައިސާ ދައުރުކޮށްފައިވޭ؛ އޭގެ އަދަދު ދެ މިލިޔަން ރުފިޔާއަށް ވުރެ މަތި

  • އެ މީހުން ހިންގި ޗެނެލުގައި ގާތްގަނޑަކަށް 7،000 އަށް ވުރެ ގިނަ މީހުން [ފޮލޯވަރުން] ހިމެނޭ 

  • އެ ގްރޫޕުތައް މެދުވެރިކޮށް އެމީހުންކޮށްފައި ވަނީ ހަށިވިއްކުމާއި ޑްރަގުގެ އެކި ބާވަތްތައް ވިއްކުން

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް