ސަފީރުންގެ ގޮތުގައި އައްޔަންކުރަން މަޖިލީހުން މިއަދު ރުހުން ދިން ބައެއް ބޭފުޅުން (ކަނާތުން ވާތަށް)، އިރުތިޝާމް، ނަސީރު، މަސްއޫދު، މުހައްމަދު ހުސެން ޝަރީފް އަދި ގީލާ އަލީ

މުހައްމަދު ހުސެން ޝަރީފާ އެކު 8 ސަފީރަކަށް ރުހުން ދީފި

އިނގިރޭސިވިލާތިުގައި ހުންނަވާ ސަފީރު ކަމަށް ކުރީގެ މިނިސްޓަރު އިރުތިޝާމު، އދ.ގެ ދާއިމީ މަންދޫބަށް ޑރ. އަލީ ނަސީރު އައްޔަނު ކުރަން ވަނީ ރުހުން ދީފައި

ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމުގައި ހުންނެވި މުހައްމަދު ހުސެން ޝަރީފް (މުންދު) އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ވީ ކިހިނެއް؟ - މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މުހައްމަދު ހުސެން ޝަރީފް ހިމެނޭހެން އަށް ސަފީރަކަށް ވަނީ ރުހުން ދީފަ އެވެ.

ތަފްސީލު - މިއަދުގެ ޖަލްސާގައި ރުހުން ދިން ސަފީރުންނަކީ؛

  • ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް މުހައްމަދު ހުސެން ޝަރީފް

  • އދ.ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ކަމަށް ޑރ. އަލީ ނަސީރު މުހައްމަދު

  • އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ޑރ. އިރުތިޝާމް އާދަމް

  • ސްރީ ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް މަސްއޫދު އިމާދު

  • މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ޑރ. މަރިޔަމް ޝަބީނާ އަހުމަދު

  • ޔޫރަޕިއަން ޔޫނިއަން އަދި ބެލްޖިއަމްގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ގީލާ އަލީ

  • ޖެނީވާގައި ހުންނަވާ އދ.ގެ އޮފީސްތަކަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބަކަށް ޑރ. ސަލްމާ ރަޝީދު

  • ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް މުހައްމަދު ލުވޭޒު

ފާހަގަކުރެވޭ - މިއީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ސަފީރުންގެ ހަމަޖައްސަން މަޖިލީހަށް ފޮނުވި ނަންތަކުގެ ތެރެއިން ސަފީރުން އައްޔަން ކުރުމަށް ފާސްކުރި ފުރަތަމަ ބޭފުޅުންނެވެ.

ކޮމެންޓް (2)

profile-image-placeholder

ޙަސަނަ

29 އޭޕްރީލު 2024
ޔާމީން ގެ ލުވޭޒު ވެސް މުއިއްޒު ކޮޅަށް. އޯ އެމް ޖީ.

ބޭބެ

30 އޭޕްރީލު 2024
@ޙަސަނަ މުއިއްޒުު ސަރ ވެސް ދުވަސްކޮޅަކުންް އަރާފާނެ، ޔާމީނުު ކޮޅަށް😅

އިތުރު އާޓިކަލް

އިތުރު އާޓިކަލް