ހައިކޯޓުން ޖަލު ހުކުމްތައް ބާތިލްކުރުމާ އެކު ޔާމީން ހައިކޯޓުގެ ސަރަހައްދުގައި ހުންނަވާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ދިޔައިރު، އެމަނިކުފާނުގެ ފަހަތުގައި ސިޔާޒް މަޑުކޮށްލައްވައިގެން (ދައުރު ފޮޓޯ/އަޒްމީ)

ޔާމީންގެ ވަކީލް ޝިޔާޒް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހަމަޖައްސައިފި

އޭނާއަކީ، އަދިވެސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ސިޔާޒަށް އިކޮނޮމިކް މިނިސްޓްރީގެ ސިޔާސީ އިސް މަގާމެއް ދީފި އެވެ.

ވީ ކިހިނެއް؟ - އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ސިޔާޒު މިހާރު އައްޔަންކޮށްފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ މިއަދު 'ދައުރު'އަށް ކަށަވަރުކޮށްދެއްވާފަ އެވެ.

18 ނޮވެމްބަރު 2021ގައި ސުޕްރީމް ކޯޓުގައި ބޭއްވި ޔާމީންގެ ޝަރީއަތުގެ ތެރެއިން އެމަނިކުފާނުގެ ވަކީލް އަބްދުﷲ ސިޔާޒް ވާހަކަ ދައްކަވަނީ

ފާހަގަކޮށްލެވޭ ކަމެއް - އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޔާމީނަށް 2019އިން ފެށިގެން ކުރަމުންދިޔަ ދައުވާތަކުގައި އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ސިޔާޒު ބައިވެރިވެވަޑަގަންނަވަ އެވެ. އެންމެ ފަހުން އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން މި މަހު 18 ވަނަ ދުވަހު ބާތިލު ކުރި އިރުވެސް އެ އަޑުއެހުމުގައި ސިޔާޒް ބައިވެރިވެވަޑައިގެންފައިވެ  އެވެ.

އެނގިފައިވާ ގޮތުގައި ޝިޔާޒް އެ މަގާމަށް އައްޔަންކޮށްފައި ވަނީ އެ ހުކުމް ކުރުމުގެ އެއް ދުވަސް ކުރިންނެވެ. އަދި އެ މަގާމަށް އައްޔަން ކުރި ނަމަވެސް އޭނާ ދަނީ ޔާމީންގެ ވަކީލުންގެ ޓީމުގައި މަސައްކަތް ކުރަމުންނެވެ.

ސިޔާޒް ވަނީ ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް މީގެ ކުރިން ކުރައްވާފަ އެވެ.

ކޮމެންޓް (1)

profile-image-placeholder

ސަންތި މަރީ

29 އޭޕްރީލު 2024
ރައީސް ޔާމީނުއަށްވެސް ރައީސުލްޖުމްހޫރިއްޔާ ފެންވަރުގައި ޑެޕިއުޓީ މިނިސްޓަރުކަންވިޔަސް ދޭން ފެނޭ..

އިތުރު އާޓިކަލް

އިތުރު އާޓިކަލް