މާލޭ މަގުމަތީ ބަޔަކު ސައިކަލު ދުއްވާފައި ދަނީ. މާލޭން އެކަނި ޗިކުންގުންޔާގެ 59 ކޭސް މި މަހު ވަނީ ފެނިފައި (ދައުރު ފައިލް ފޮޓޯ)

ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވަނީ، މިމަހު މާލޭން 59 ކޭސް

ޗިކުންގުންޔާގެ އަސަރު އެންމެ ބޮޑަށް ކުރަނީ ބަނޑުގައިވާ ދަރިފުޅަށް މަންމަގެ ފަރާތުން ޖެހުމުންނާއި ތުއްތުކުދިންނަށް އަދި އުމުރުން ދުވަސްވީ މީހުންނަށާއި އެހެން ބަލިތައް ތަހައްމަލު ކުރާ މީހުންނަށް

ރާއްޖޭގައި ޗިގުން ގުންޔާ ފެތުރޭތީ ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޗިކުން ގުންޔާ ފެތުރޭ މިންވަރު އިތުރުވަމުންދާ ކަމަށާއި މާލޭ ސަރަހައްދުން މިމަހު އެކަނި މިހާތަނަށް ޗިކުން ގުންޔާގެ 59 ކޭސް ފެނިފައިވާ ކަމަށެވެ.

ތަފްސީލް - މަދިރީގެ ޒަރިއްޔާ އިން ފެތުރޭ ޗިކުން ގުންޔާ ފެތުރުން ކޮންޓްރޯލު ކުރުމަށް މަދިރި އާލާވާ ތަންތަން ނައްތާލުމަށް މިނިސްޓަރުގެ ޕޯސްޓުގައި އިލްތިމާސް ކުރައްވާފައިވެ އެވެ.

"ވިއްސާރަ މޫސުން ކުރިޔަށް އޮތުމާ އެކު، ހާއްސަ ފިޔަވަޅުތަކެއް ނާޅައިފި ނަމަ މި ބަލި ފަތުރާ މަދިރި އުފެދޭ މިންވަރު އިތުރުވާނެ،" މިނިސްޓަރު ހަލީލް ވިދާޅުވި އެވެ.

ޗިކުންގުންޔާ އަކީ ކޮބާ؟

  • މި ބަލި ފެތުރެނީ ޑެންގޫ ހުން ޖައްސާ އީޑީސް މަދިރީގެ ޒަރިއްޔާ އިން

  • މި ބަލި ޖެހުމުން ހުޅުހުޅުގައި ރިއްސުމާއި ހުޅު ދުޅަވުން ފަދަ ކަންތައް ދިމާވޭ

ޗިކުން ގުންޔާގެ އަލާމާތްތަކުގެ ތެރޭގައި

  • 39 ޑިގްރީ ސެލްސިއަސް އަށް ހުން ގަދަވުން

  • ގަދަޔަށް ބޮލުގައި ރިއްސާ ގައިގައި ރިއްސުން

  • ހުޅުހުޅުގައި ރިއްސުން

  • ހުޅުދުޅަވުން

  • ބަނޑުގައި ރިއްސުމާއި މޭ ނުބައިކޮށް ހޮޑުލެވުން

  • ގައިގައި ރަތް ބިހިތަކެއް ނެގުން

ޗިކުންގުންޔާގެ އަސަރު އެންމެ ބޮޑަށް ކުރަނީ ބަނޑުގައިވާ ދަރިފުޅަށް މަންމަގެ ފަރާތުން ޖެހުމުންނާއި ތުއްތުކުދިންނަށް އަދި އުމުރުން ދުވަސްވީ މީހުންނަށާއި އެހެން ބަލިތައް ތަހައްމަލު ކުރާ މީހުންނަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް