ކުޅުދުއްފުށި: މިރަށުގައި ރައްޔިތުންގެ މަޖިލިހުގެ ކެމްޕޭނަށް ހިންގި ތަނެއްގައި ރޯކޮށްލި

ކުޅުދުއްފުށީގައި ހުރި ކެމްޕޭނު އޮފީހެއްގައި ރޯކޮށްލިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ އެތަނުގައި ރޯކޮށްލިތާ ނުވަ ދުވަސް ފަހުން

ކުޅުދުއްފުށީގައި ހުރި ކެމްޕޭނު އޮފީހެއްގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި އެ ރަށުން ފިރިހެނަކު މިއަދު ހައްޔަރުކޮށްފި އެވެ.

ވީ އކިހިނެއް؟- ފުލުހުން ބުނި ގޮތުގައި ކެމްޕޭން އެ އޮފީހުގައި ރޯކޮށްލީ މި މަހުގެ 16 ވަނަ ދުވަހު އެވެ.

ތަފްސީލު - މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ކުޅުދުއްފުށީގައި ހުރި އެ އޮފީހުގައި ރޯކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރުކުރީ 31 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުންޏެވެ. 

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ފާހަގަކުރި އެވެ.

އެ އޮފީހުގައި ރޯކޮށްލީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކުރިންނެވެ. އެކަމަކު އެއީ ކެމްޕޭންގެ އެންމެ ފޯރި ގަދަވި ދުވަސްކޮޅު ވެސް މެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް