މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ އަބްދުﷲ މައުމޫން، އެ ކުންފުނީގެ ހިދުމަތެއް ފައްޓަވައިދެއްވަނީ

ޕީޖީ އޮފީސް

މޯލްޑިވް ގޭހުގެ ކުރީގެ އެމްޑީ މައުމޫންގެ މައްޗަށް ހިޔާނާތުގެ ހަތް ދައުވާއެއް އުފުލައިފި

މައުމޫނުގެ މައްޗަށް ކުރި ހަތް ދައުވާގެ ތެރެއިން ކޮންމެ ދައުވާއަކަށް ކަނޑައެޅިފައިވާ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން

މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫނުގެ މައްޗަށް ހަތް ދައުވާއެއް ކުރަން ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

ވީ ކިހިނެއް؟ - މައުމޫނުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅިީ  އޭނާއަށާއި އޭނާގެ އާއިލީ ބައެއް މީހުންނަށް އަދި އޭނާއާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ ބައެއް ކުންފުނިތަކަށް މޯލްޑިވް ގޭސްގެ ސަޕްލަޔަރެއް ކަމަށްވާ ތްރީޑީއެޗް އިންޓަނޭޝަނަލް އިން ފައިސާ ފޮނުވާފައިވާ ކަމަށް ތުހުތުކުރެވޭ މައްސަލައިގައި ކަމަށް ޕީޖީ އިން ބުންޏެވެ.

ތަފްސީލް - ގާނޫނުލް އުގޫބާތުގެ ދަށުން މައުމޫނުގެ މައްޗަށް ކުރި ހަތް ދައުވާގެ ތެރެއިން ކޮންމެ ދައުވާއަކަށް ކަނޑައެޅިފައިވާ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

މި މުއާމަލާތްތަކާ ގުޅިގެން ރިޝްވަތުގެ ގޮތުގައި މައުމޫން އާއި އޭނާއާ ގުޅުން ހުރި އެކައުންޓުތަކަށް 298،403.5 ޑޮލަރު (4.6 މިލިއަން ރުފިޔާ) ޖަމާކޮށްފައިވާ ކަމަށް ޕީޖީ އިން ބުންޏެވެ.

ޕީޖީން ބުނީ މި ހަތް ދައުވާ ވެސް ކޮށްފައިވަނީ މޯލްޑިވްސް ގޭސްއަށް ލިކުއިޑް ޕެޓެރޯލިއަމް ސަޕްލައިކޮށްދިނުމަށް ތްރީޑީއެޗްއާ ހަވާލުކޮށް އެކަން ކުރިއަށް ގެންދަން ނުފޫޒު ފޯރުވުމުގެ މުގާބިލުގައި ރިޝްވަތުގެ ގޮތުގައި ފައިސާ ނަގާފައި ވާތީ ކަމަށެވެ.

އެ މުއާމަލާތްތައް ހިންގާފައިވަނީ 2016 އާއި 2017 ވަނަ އަހަރު އެވެ. މައުމޫން މޯލްޑިވްސް ގޭސްގެ އެމްޑީގެ މަގާމުގައި ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 10 ޑިސެމްބަރު 2013އިން 16 ނޮވެމްބަރު 2018 އަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް