ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓު ގުނުން: މި އިންތިހާބުގައި 93 ދާއިރާއެއްގައި ވޯޓު ލި (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)

މަޖިލިސް އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކޮށްފި؛ ވަގުތީ ނަތީޖާއަށް އެއްވެސް ބަދަލެއް ނާދޭ

ޕީއެންސީއަށް 66 ގޮނޑި ލިބުނުއިރު، އިދިކޮޅު އެމްޑީޕީއަށް ލިބިފައި ވަނީ 12 ގޮނޑި، އަމިއްލަ ގޮތުން ވާދަކޮށް 11 ކެންޑިޑޭޓަކު ކާމިޔާބުކުރި

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ދާއިމީ ނަތީޖާ އިލެކްޝަނަސް ކޮމިޝަނުން މިއަދު އިއުލާންކޮށްފި އެވެ.

ވީ ކިހިނެއް؟ - ދާއިމީ ނަތީޖާ އިއުލާންކޮށްފައި ވަނީ، ދަރުބާރުގޭގައި ގާއިމްކޮށްފައިވާ އިންތިހާބީ މަރުކަޒްގަ އެވެ.

ތަފްސީލު - ދާއިމީ ނަތީޖާ އާއި ވަގުތީ ނަތީޖާއާ ތަފާތެއް ނެތެވެ. އެގޮތުން ދާއިމީ ނަތީޖާއިން ދައްކާ ގޮތުން:

  • ޕީއެންސީ: 66 ގޮނޑި

  • އެމްޑީޕީ: 12 ގޮނޑި

  • އަމިއްލަ: 11 ގޮނޑި

  • އެމްޑީއޭ: 2 ގޮނޑި

  • ޖޭޕީ: 1 ގޮނޑި

  • އެމްއެންޕީ: 1 ގޮނޑި

ފާހަގަކޮށްލެވޭ ކަމެއް - އިންތިހާބުގައި ޕީއެންސީން ކުރިމަތިލި 90 ދާއިރާގެ ތެރެއިން 66 ގޮނޑި އެ ޕާޓީން ކާމިޔާބުކުރި ނަމަވެސް 20 ވަނަ މަޖިލީހުގައި އެ ޕާޓީގެ 73 މެންބަރުން ތިބޭނެ އެވެ. އެއީ، އަމިއްލަ ގޮތުން ވާދަކޮށް، ހޮވުނު ހަތް މެންބަރަކު މިދިޔަ ދެ ދުވަހު އެ ޕާޓީއަށް ސޮއިކުރުމުންނެވެ.

ޕީއެންސީގެ 73 މެންބަރުންނަކާ އެކު އެ ޕާޓީއަށް 20 ވަނަ މަޖިލީހުގައި ސުޕަ މެޖޯރިޓީ ވަނީ ލިބފަ އެވެ. އަދި ސަރުކާރަށް ތާއީދުކުރާ އެހެން ޕާޓީތަކަށް ލިބުނު ގޮނޑިތަކާ އެކު އެ ކޯލިޝަންގައި ޖުމްލަ 77 މެންބަރުން ތިބޭނެ އެވެ. 

މިހާ ބޮޑު އަގުލަބިއްޔަތެއް ލިބުމުގެ މާނައަކީ ގާނޫނުއަސާސީއަށް ބަދަލު ގެންނަން ވެސް މަޖިލިހުގެ އެހެން މެމްބަރުންގެ ތާއީދު ނެތި، ޕީއެންސީއަށް އެކަން ކުރުމުގެ ފުރުސަތު ލިބުމެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް