ބޮޑު އީދު ފާހަގަކުރުމަށް ނ. މަނަދޫގައި 'މަނަދޫ އެކުވެރި ކްލަބު'ން އިންތިޒާމްކޮށްގެން 29 ޖޫން 2023 ވަނަ ދުވަހުގެ ހަވީރު ބޭއްވި ސަގާފީ ހަރަކާތްތަކުގައި 'އެކަތިބޮޑުބެރު' ގްރޫޕުން ސަގާފީ ހުށަހެޅުންތަކެއް ހުށަހަޅައިދެނީ. (ދައުރު ފޮޓޯ/ހުސައިން ސުނައިން)

އީދު

ބޮޑު އީދު ފާހަގަކުރަން ބޭނުވާ ރަށްރަށުން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި

ރާއްޖޭގެެ ސިޓީތަކާއި ބޮޑެތި ރަށްތަކުގައި ކުލަ ގަދަކޮށް އީދު ފާހަގަކުރަން ބަޖެޓުގައި ވަނީ 50 މިލިއަން ރުފިޔާ ހިމަނާފައި

ކުރިއަށް އޮތް ބޮޑު އީދު ފާހަގަ ކުރަން ބޭނުންވާ ރަށްތަކުން އެކަމަށް އެދި ޕްރޮޕޮޒަލް ހުށަހެޅުމަށް ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓްރީ އިން ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - އެ މިނިސްޓްރީ އިން މިއަދު އާންމު ކުރި އިއުލާނެއްގައި ބުނީ، އެ މިނިސްޓްރީ އާ ގުޅިގެން މި އަހަރުގެ ބޮޑުއީދު ފާހަގަ ކުރަން ބޭނުންވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 9އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ތަފްސީލް - އެ އިއުލާނުގައިވާ ގޮތުން މިނިސްޓްރީއާ ގުޅިގެން އީދު ފާހަގަ ކުރާނެ ތިން ރަށެއް ކަނޑައަޅާނެ އެވެ. ރަށްތައް ކަނޑައެޅުމުގައި ބަލާނެ ކަންތައްތައް ވެސް އެ އިއުލާނުގައި ފާހަގަ ކޮށްފައިވެ އެވެ. 

އޭގެ ތެރޭގައި

  • އެ ރަށަކުން ކުޅޭނެ ކުޅިވަރުތައް

  • ކައުންސިލުން ކުރާނެ ހަރަދުތައް

  • އަގެއް ނުނަގާ އެ ރަށަކުން ކޮށްދޭނެ ކަންތައް

އިއުލާނުގައި ބުނީ އީދު ފާހަގަ ކުރާނެ ރަށްތައް ކަނޑައަޅާނީ ހުށަހަޅާ ޕްރޮޕޯސަލްތަކަށް ބެލުމަށް ފަހު ކަމަށެވެ. ޕްރޮޕޯސަލްގައި ހިމަނަން ޖެހޭ ބައިތައް މިނިސްޓްރީގެ އިއުލާނާ އެކު ވަނީ އާންމުކޮށްފަ އެވެ.

ބޮޮޑު އީދު ދިމާވަނީ އަންނަ ޖޫން މަހުގެ 17 ވަނަ ދުުވަހާ އެވެ.

ފާހަގަ ކުރެވޭ - ރާއްޖޭގެެ ސިޓީތަކާއި ބޮޑެތި ރަށްތަކުގައި ކުލަ ގަދަކޮށް އީދު ފާހަގަކުރަން ބަޖެޓުގައި ވަނީ 50 މިލިއަން ރުފިޔާ ހިމަނައިފަ އެވެ.

މިއަހަރުގެ ފިތުރު އީދާ ދިމާކޮށް މާލެ އާއި އަތޮޅުތެރޭގެ ވެރިކަން ކުރާ ރަށްރަށާއި ސިޓީތަކުގައި ކުލަ ބޮކި ދިއްލާ ޒީނަތްތެރިކުރި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް