ދަރިވަރަކު ސްކޫލު ނިންމައި، ބެލެނިވެރިއަކާ އެކު ގެއަށް ދަނީ: މި އަހަރުގެ އޯ ލެވެލް އިމްތިހާން މިހާރު ވަނީ ފަށާފައި (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

އޯލެވެލް

10 އަހަރުގެ ކިޔެވުމުގެ ބޮޑު އިމްތިހާން މިއަދު، 7،500 ދަރިވަރުން ބައިވެރިވޭ

އޯ ލެވެލްއަކީ ރާއްޖޭގައި އެންމެ ގިނަ ދަރިވަރުން ބައިވެރިވާ އިމްތިހާން. މި އަހަރުގެ އަދަދު މިދިއަ އަހަރަށް ވުރެ ގިނަ

ދިވެހި ދަރިވަރުންގެ އެންމެ ފުރަތަމަ ބޮޑު އިމްތިހާން، އެސްއެސްސީ އާއި އޯ ލެވެލް އިމްތިހާން މިއަދު ފަށައިފި އެވެ. މި އިމްތިހާންތަކުގައި 7،501 ދަރިވަރުން ބައިވެރިވެ އެވެ.

ވީ ކިހިނެއް؟- އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި އިމްތިހާން 13 ޖޫންއާ ހަމައަށް ކުރިއަށް ދާނެ ކަމަށެވެ.

ފުރަތަމަ މާއްދާއެއްގެ ގޮތުން އިމްތިހާންގައި މިއަދު އޮތީ އިސްލާމް އެވެ. ރާއްޖޭގެ 256 ސެންޓަރެއްގައި އިމްތިހާން ކުރިއަށް ދެ އެވެ.

ތަފްސީލު- މި އަހަރުގެ އޯލެވެލް އިމްތިހާންގައި:

  • 7،501 ދަރިވަރުން ބައިވެރިވި އިރު، މިދިޔަ އަހަރު އެ އަދަދު އުޅެނީ 6،698 ގައި. މިއީ 803 ދަރިވަރުންގެ އިތުރުވުމެއް

  • ދިވެއްސާއި އިސްލާމް ހިމެނޭ އެސްއެސްސީ އިމްތިހާންގައި 7،133 ދަރިވަރުން މި އަހަރު ބައިވެރިވާނެ

އޯ ލެވެލްއަކީ ކުރިންސުރެ ރާއްޖޭގެ ތައުލީމު އެންމެ މުހިންމު ބަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް