އަލަށް އަޅާ މިސްކިތުގެ ކުރެހުމެއް: މި މިސްކިތްތަކުގައި އޭސީ ވެސް ހަރުކުރާނެ

އަލަށް އަޅާ ރީތި މިސްކިތްތަކެއް، ކުރެހުންތައް ދައްކާލައިފި

މި މިސްކިތްތައް އަޅަނީ ހުޅުމާލޭ ފޭސް-2ގެ އިތުރުން އަލިފުއްޓާއި އައްޑޫގައި

މާލެ އާއި ދެ ރަށެއްގައި އަޅާ މިސްކިތްތަކުގެ ކުރެހުންތައް މިއަދު ދައްކާލައިފި އެވެ.

ވީ ކިހިނެއް؟- އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އާއްމު ކުރެއްވި މިސްކިތްތަކުގެ ކުރެހުންތައް ވަރަށް ހިތްގައިމެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިސްކިތްތައް ފަރުމާކޮށްފައިވަނީ 'ރިޔަން ޕްރައިވެޓް ލިމިޓެޑް' އިންނެވެ. 

ސޯޝަލް މީޑިއާގައި ޝަހީމް އާއްމުކުރެއްވީ 300 މީހުންނާއި 500 އަދި 700 މީހުންގެ ޖާގައިގެ މިސްކިތްތަކުގެ ކުރެހުމެވެ. އެ މިސްކިތްތައް އަޅަނީ ހުޅުމާލޭ ފޭސް-2ގެ އިތުރުން ރ. އަލިފުއްޓާއި އައްޑޫގަ އެވެ.

"އިންޝާﷲ ޖޫން މަހުގައި މި ޑިޒައިންތަކަށް މިސްކިތްތައް ބިނާކުރަން ފަށާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އަލަށް އަޅާ މިސްކިތެއްގެ ކުރެހުމެއް: އަންނަ ޖޫން މަހު އިމާރާތް ކުރަން ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި

އޭނާ ވިދާޅުވި ގޮތުގައި އަމިއްލަ ފަރާތްތަކުގެ ހަރަދުގައި އަޅާ މި މިސްކިތްތައް ފަރުމާކޮށްފައިވަނީ، ސޯލާ ޕެނެލް ހަރުކުރެވޭ ގޮތަށެވެ. މިސްކިތްތަކުގައި އޭސީ ވެސް ހުންނާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް