ހުޅުމާލޭގައި އެޗްޑީސީން އަޅާ ގުދަން އެކުވެނި ހުންނާނެ ގޮތުގެ ކުރެހުމެއް

އެޗްޑީސީ

ހުޅުމާލޭގެ އާ ގުދަން އެކުވެނި ހަދަން ބޭރު ކުންފުންޏަކާ ހަވާލުކޮށްފި

އެޗުޑީސީން ބުނާ ގޮތުގައި މިއީ ވިޔަފާރީގެ ދާއިރާއަށް އަންނާނެ އިންގިލާބީ ބަދަލަކަށް ވާނެ

ވިޔަފާރި މުދާ ރައްކާކުރަން ޒަމާނީ ވަސީލަތްތަކާ އެކު ފެންވަރު ރަނގަޅު ގުދަން އެކުވެންޏެއް (ވެއާ ހައުސިން ކޮމްޕްލެކްސް) ހުޅުމާލޭގައި އަޅަން ޗައިނާގެ ކުންފުންޏަކާ އެޗުޑީސީން މިއަދު ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟- 'އޮޓޮމޭޓެޑް ވެއާ ހައުސް މެނޭޖްމެންޓް ސިސްޓަމް'ގެ ވަސީލަތްތައް ވެސް ހިމަނައިގެން އެޗްޑީސީން އިމާރާތްކުރާ މި އެކުވެނި ހަދަން ހަވާލުކުރީ ހޮންކޮންގްގައި ރަޖިސްޓްރީކޮށްފައިވާ ރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީއާ އެވެ.

ރޮޓައިމް އިންޖިނިއަރިންއަކީ މިހާރު ވެސް ރާއްޖޭގައި ބައެއް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެވެ. އެގޮތުން ހުޅުމާލޭގެ ސްވިމިން ޕޫލް އެޅީ ވެސް އެ ކުންފުނިންނެވެ. އަދި ސްވިމިން ޕޫލާ ޖެހިގެން މިހާރު އަޅަމުން އަންނަ ޓެނިސް ކޯޓުތަކުގެ އިމާރާތް ވެސް ހަދަނީ އެ ކުންފުނިންނެވެ.

ގުދަން އެކުވެނި އަޅަނީ:

  • އެކި ބާވަތުގެ މުދާ ރައްކާކުރަން ތަފާތު ޔުނިޓްތައް ހިމަނައިގެން

  • ފިނި ކުރި މުދަލާއި އިންޑަސްޓްރިއަލް ވެއާ ހައުސިން ޔުނިޓް އަދި ކާނާގެ ބާވަތްތަކާއި ކޮންޒިއުމަބަލް ރައްކާކުރެވޭ ޔުނިޓްތައް ހުރޭ

  • އޮފީސް ޖާގަ އާއި ޝޯރޫމް ހިމެނޭ އިމާރާތެއް ވެސް ހުންނާނެ 

  • މި އެކުވެނީގެ މަސައްކަތް ނިންމަން ދިނީ ދެ އަހަރު

ތަފްސީލު- އެޗްޑީސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އިމާރާތް ކުރުމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. ރޮޓައިމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޒޯ ވެއިޑޮން އެވެ. 

އެޗުޑީސީން އަލަށް އިމާރާތްކުރާ ގުދަން އެކުވެނީގެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު (ކ) އާއި އިމާރާތް ކުރާ ކުންފުނީގެ އެމްޑީ، ޒޯ ވެއިޑޮން އެއްބަސްވުން ބަދަލުކުރައްވަނީ

ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ފަޒުލް ވިދާޅުވީ:

  • ޒަމާނީ ވަސީލަތްތަކާ އެކު އަޅާ މި އިމާރާތަކީ ވިޔަފާރީގެ ދާއިރާއަށް އަންނަ އިންގިލާބީ ބަދަލެއް ކަމަށް

  • އޭގެ ސަބަބުން ވިޔަފާރިތަކަށް ކުރިއެރުން ލިބޭނެ ކަމަށް

ގުދަން އެކުވެނި ހަދަނީ ވޯޓާ ތީމް ޕާކް ހަދާ ބިމުގެ ކުރިމަތީގައި އޮންނަ ބިމުގަ އެވެ.

އެޗްޑީސީން ބުނީ އެކި ބާވަތުގެ މުދާ ރައްކާކުރެވޭ ގޮތަށް ޑިޒައިންކޮށްފައި ހުންނަ މި އެކުވެނި ލުއިފަސޭހަ ތަނަކަށް ވާނެ ކަމަށެވެ. ވަކިން ހާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މުދާ ރައްކާކުރާނެ އިތުރު ޖާގަ ތަނަވަސްވެ، ވިޔަފާރި ފުޅާކުރަން އެހީވެދޭނެ ކަމަށް ވެސް އެޗުޑީސީން ބުންޏެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް