ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ޖަލްސާއަށް ބޭފުޅުން ވަޑައިގަތުން ތެރެއިން ރައީސްގެ އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ(އަދުރޭ)، (ފޮޓޯ/ މަޖިލިސް)

މަޖިލިސް ރައީސްކަމާ މެދު އަދި ނުވިސްނަން؛ ގޮތް ނިންމާނީ ރައީސް: އަބްދުއްރަހީމް

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައީސް ބޭނުންފުޅު ނުވާނަަމަ، އޭނާ އެމަގާމަށް ކުރިމަތި ނުލާނެ

ވިހި ވަނަ މަޖިލީހުގެ ރައީސް ކަމުގެ މަގަމަށް ވަޑައިގަތުމާ މެދު އޭނާ ނުވިސްނަވާ ކަމަށާއި އެ މަގާމަށް އަންނަ ބޭފުޅަކު ނިންމަވާނީ ރައީސް މުހައްމަދު މުއިއްޒު ކަމަށް ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސަރުކާއަށް މަޖޯރިޓީ ލިބިއްޖެނަމަ، މަޖިލީހުގެ ރައީސްކަމަށް ވަޑައިގަނަންވާނެކަމަށް ބެލެވުނު މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަބްދުރަހީމް ވަނީ މިއަދު މަޖިލިސް ރައީސްގެ މަގާމަށް އަންނާނެ މީހަކާ ގުޅޭ ގޮތުން 'ދައުރު'ން ސުވާލު ކުުރުމުން ޖަވާބު ދެއްވާފަ އެވެ.

ތަފްސީލު - އަބްދުއްރަހީމް ވިދާޅުވީ، މަޖިލިސް ރައީސްކަމަށް ގެންނާނެ މީހަކާމެދު ޕާޓީ ތެރޭގައި އަދި ރަސްމީކޮށް މަޝްވަރާ ނުކުރާ ކަމަށެވެ.

"އަޅުގަނޑު [ވާދަ] ނުކުރާނަން، ރައީސް [މުއިއްޒު] ބޭނުންފުޅު ނުވަންޏާ،" އޭނާ އެ މަގާމަށް ކުރިމަތިލައްވާނަންތޯ އެހުމުން ވިދާޅުވި އެވެ.

އެއް ދައުރުގެ މެދުކެނޑުމަކަށް ފަހު، ތިން ވަނަ ދައުރަކަށް ފޮނަދޫ ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވި އަބްދުއްރަހީމް ވިދާޅުވީ ގޮތުގައި ރައީސް މުއިއްޒު ވެސް އަދި އެ މަގާމަށް ގެންނާނެ މީހަކާ ގުޅޭ ގޮތުން އަދި މަޝްވަރާއެއް ނުކުރައްވަ އެވެ.

"އަޅުގަނޑުމެން ތެރޭ ވާހަކަ ދައްކާފައި، އެ ނިންމާ ބޭފުޅަކާއެކު [ކުރިއަށް] ދަނީ،" އެކަން އޮންނާނީ ރައީސް ނިންމަވާ ގޮތަކަށްކަން ފާހަގަކުރައްވައި އޭނާ އިތުރަށް ވިދާޅުވި އެވެ.

އަބްދުއްރަހީމް މަޖިލިސް ރައީސް ކަމަށް ޝައުގުވެރިވޭތޯ ސުވާލުކުރުމުން ވިދާޅުވީ، "އަޅުގަނޑު މި ދަންނަވަނީ ހަމަ ވަރަށް ތެދަށް، އެއްވެސް ވަރަކަށް އަދި އެކަމާ ނުވިސްނަން" ކަމަށެވެ. 

ފާހަގަކޮށްލެވޭ ކަމެއް - އާދިއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި، 20 ވަނަ މަޖިލީހަށް އިންތިހާބުވި މެންބަރުން މަގާމުގެ ހުވާ ކުރެއްވުން އޮތީ، އަންނަ މަހު28ގަ އެވެ.

ކޮމެންޓް (4)

profile-image-placeholder

މިމީހާ

24 އޭޕްރީލު 2024
ތިޔަގޮނޑިޔަށް އެންމެ ރަނގަޅުވާނީ ރެޑްވޭވް ސަލީމް ކަމަށް ފެންނަނީ! ސަލީމަކީ މިހާރުވެސް ޕީ.ޖީ ލީޑަރ އަދި މަޖިލީހުގެ ސީނިއަރ މެންބަރެއް!

މެސްކޯ

23 އޭޕްރީލު 2024
ރައީސްގެ ފަރާތުން ކޮއްކޮ ބޭނުމީ. ނާބަކަށް ނާޒިމް. އަދުރޭ ދެކޮޅު ވެފަ އަދިއިނީ

ޑިރާސާ

23 އޭޕްރީލު 2024
ނުވިސްނާ ނަމަ ރައީސް ސީނިޔަރ އެޑްވައިވަރ ޓު ދި ޕްރެޒިޑެންޓް މަގާމުގައި ހުރެފައި މަޖިލިސްއަށް ކުރިމަތި ނުލާނެ..

ހުޅުނބު

23 އޭޕްރީލު 2024
ގަދަކެޔޮޅު ހެދިލީތާ! ރައީސަށް އެނގޭ އަދުރޭ ބޭނުންކަން އެކަން. އެހެންވީމަ ރައީސް ބޭނުންވާނެ އަދުރޭ އެގޮނޑީގަ ވަޑުވަން.

އިތުރު އާޓިކަލް

އިތުރު އާޓިކަލް