މައްކާގެ ހަރަމްފުޅު

އުމްރާ

މައްކާގައި ތާށިވެފައި ތިބި މަޝްއަރު ގުރޫޕުގެ އުމްރާވެރިން ރާއްޖެ ގެނެސްފި

އެ މީހުން ރާއްޖެ ގެނައީ ގުރޫޕުގެ ހަރަދުގައި

ރާއްޖެ ނާދެވި، މައްކާގައި ތާށިވި މަޝްއަރު ޓުއާސްގެ އުމްރާވެރިން މިއަދު ރާއްޖެ ގެނެސްފި އެވެ.

ވީ ކިހިނެއް؟- މަޝްއަރު ޓުއާސްގެ ހަވާލުގައި މިދިޔަ ރޯދަ މަހު އުމްރާއަށް ދިޔަ 50 މީހުން އެނބުރި ރާއްޖެ އަންނަން އޮތީ މި މަހުގެ 16 ވަނަ ދުވަހު އެވެ. އެކަމަކު ފުރަން ވަގުތު ކުޑަތަންވެފައި ވަނިކޮށް، މައްސަލައެއް ދިމާވެ ޓިކެޓް ކެންސަލްވެފައިވާ ކަމަށް ބުނުމުން، އެ މީހުން މައްކާގައި ތާށިވީ އެވެ.

އެ ގުރޫޕުން އުމްރާއަށް ދިޔަ ބައެއް މީހުން ބުނިގޮތުގައި ޓިކެޓް ކެންސަލްވުމުން، ގުރޫޕުގެ މެނޭޖްމެންޓުން ދެން އެންގީ، އަމިއްލަ ހަރަދުގައި އެނބުރި ރާއްޖެ ދިޔުމަށެވެ.

 އެ ގްރޫޕަށް ސްރީ ލަންކަން އެއާލައިންސް އާއި ގަތަރު އެއާވޭސްގެ ޓިކެޓު ވިއްކި ޓްރެވެލް އެޖެންޓް އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގް ވިދާޅުވި ގޮތުގައި އުމްރާވެރިންނަށް ނާދެވުނީ، ޓިކެޓް ގަތުމަށް ގުރޫޕުން ދިން ޗެކްތައް ބައުންސްވުމުންނެވެ.

"އަޅުގަނޑުމެންނަށް ލިބެންޖެހޭ ފައިސާގެ އަދަދު ހަމަ ޔަގީނުން ވެސް މިލިއަނަކަށް އަރާނެ،" ފިރާގު ކުރިން ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ތާށިވެފައިވާ އުމްރާވެރިން އެންމެ ފަހުން ރާއްޖެ އައީ ގުރޫޕުން އެ ފައިސާ ދެއްކުމުންނެވެ.

އެނގުން މުހިއްމު- އުމްރާވެރިން މައްކާގައި ތާށިވުމާ އެކު، ގަވައިދާ ހިލާފަށް މީހުންގެ އަތުން ފައިސާ ނަގައިނ އެއަށް އިހުމާލުވަމުން ދިޔަ މަޝްއަރު ޓުއާސްގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހަށް ހުށަހަޅާފަ އެވެ.

އުމްރާއަށް ގެންދިޔުމަށް ހުއްދަ ނެތި ފައިސާ ނަގަމުންދާތީ މަޝްއަރު ގުރޫޕާއި އިތުރު ޖަމާއަތަކާ މެދު ސަމާލުވާން މިދިޔަ ޖެނުއަރީ މަހު އިސްލާމިކް މިނިސްޓްރީން ވަނީ އިންޒާރު ދީފަ އެވެ.

މި ގުރޫޕުގެ މި ފަދަ މައްސަލައެއް މިދިޔަ އަހަރުގެ ރޯދަ މަހު ވެސް ފެންމަތިވި އެވެ. އެ ފަހަރު ވެސް ޓިކެޓަށް ފައިސާ ނުދައްކައި ފަހުން ޗެކް ބައުންސްވުމުން، ގުރޫޕުގެ ހުއްދަ މިނިސްްޓްރީން ބާތިލް ކުރަން ޖެހުނެވެ. މި ފަހަރު އެ ގުރޫޕުން މީހުން އުމްރާއަށް ގެންދިޔައީ ޖަމާއަތުގެ ނަން ބަދަލުކޮށްގެން، 'މަޝްއަރު ޓުއާސް'ގެ ނަމުގަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް