މިނިސްޓްރީގެ ބައްދަލުވުމެއްގައި މިނިސްޓަރު ގައްސާން މައުމޫން (ވ2)، އަދި ޗީފް އޮފް ޑިފެންސްގެ މަގާމަށް އައްޔަންކޮށްަފައިވާ މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ(ވ) އަދި ވައިސް ޗީފް އޮފް ޑިފެންސްގެ މަގާމަށް އައްޔަން ކުރި ބްރިގޭޑީއާ ޖެނެރަލް އަހްމަދު ގިޔާސް

ޑިފެންސް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގެ ތަފްސީލު ހާމަ ނުކުރި

ދީފައިވާ ޖަވާބަކީ އެ މައުލޫމާތަކީ، މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ މައުލޫމާތުތަކެއް ކަމަށް

ޑިފެންސް މިނިސްޓްރީއަށް އައްޔަންކޮށްފައިވާ ސިޔާސީ މަގާމުތަކުގެ ތަފްސީލު ހޯދުމަށް އެދުމުން، އެ މިނިސްޓްރީން އެ މައުލޫމާތު ހާމަނުކޮށް ވެބްސައިޓުގައި ހުންނާނެ ކަމަށް ބުނެފި އެވެ.

ވީ ކިހިނެއް؟ - މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން 'ދައުރު'ން މި މަހު ދެ ވަނަ ދުވަހު ހޯދުމަށް އެދުނު ހުށަހެޅުމަށް އެ މިނިސްޓްރީން މިއަދު ވަނީ ޖަވާބު ދީފަ އެވެ.

ތަފްސީލު - 'ދައުރު'ން ހޯދުމަށް އެދިފައި ވަނީ، 17 ނޮވެމްބަރު 2023އިން ފެށިގެން މި މަހު 2 ވަނަ ދުވަހުގެ ނިޔަލަށް ޑިފެންސް މިނިސްޓްރީއަށް އައްޔަންކޮށްފައި ތިބި ސިޔާސީ ބޭފުޅުންގެ އަދަދާއި އެމީހުންގެ މުސާރަތަށް ހޯދުމަށެވެ.

"ހޯދުމަށް އެދިފައިވާ މައުލޫމާތަކީ، މި މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ މައުލޫމާތުތަކެއް ކަމުގައި ދެންނެވީމެވެ." މިނިސްޓްރީގެ ލީގަލް ޑިޕާޓްމަންޓުން ފޮނުވާފައިވާ ޖަވާބުގައި ލިޔެފައިވެ އެވެ.

މިނިސްޓްރީތަކަށް އައްޔަންކުރާ ސިޔާސީ ބޭފުޅުންގެ މުސާރަތަކަކީ ވެބްސައިޓުގައި ޝާއިއުކުރާ މައުލޫމާތެއް ނޫނެވެ. 

ޑިފެންސް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ގޮތުން ސިޔާސީ މަގާމުތަކުގެ އަދަދަކީ ތިނެކެވެ، އެއީ:

  • ސްޓޭޓް މިނިސްޓަރެއް

  • ޑެޕިއުޓީ މިނިސްޓަރެއް

  •  ޕާމަނަންޓް ސެކެޓްރީއެއް 

ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަ ގޮތުގައި ޑެޕިއުޓީ މިނިސްޓަރު ފެންވަރުގައި ދެ ބޭފުޅަކު އައްޔަންކޮށްފައިވެ އެވެ. އެހެން ކަމުން ދެ ވެބްސައިޓުގައި ހުރި މައުލޫމާތު ކޮންމެވެސް ވަރަކަށް ފުށުއަރަ އެވެ.

ކޮމެންޓް (2)

profile-image-placeholder

ސާބަހޭ!

23 އޭޕްރީލު 2024
ސާބަހޭ ދައުރުގެ ކުދިންކޮޅަށް! މިކަހަލަ ސުވާލު ގިނައިން ކުރަންވާނެ!

އެނގޭ

23 އޭޕްރީލު 2024
ޕާމަނަންޓް ސެކްރެޓަރީއަކީ ސިޔާސީ މަގާމެއް ނޫނެވެ. އެ މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރު (ން) ގެ މަގާމުގައި ވެސް މީހުން އެބަތިބިކަމަށްވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް