ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެްގެ ތެރެއިން މަޖިލިސް ތަޅުން. (ފޮޓޯ/ ރައްޔިތުންގެ މަޖިލިސް)

އާ މަޖިލިސް ހުވާކުރުން އަންނަ މަހު 28ގައި ބާއްވަން ނިންމައިފި

މިހާރު ހިގަމުންދާ 19 ވަނަ މަޖިލީހުގެ ޖަލްސާތައް އަންނަ މަހު 13އާ ހަމައަށް ހިނގާނެ ކަމަށް ރިޔާސަތުން އިއުލާންކުރެއްވި

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ކުރިއަށް އޮތް 20 ވަނަ މަޖިލީހަށް އިންތިހާބުވި މެންބަރުން ހުވާކުރުން އަންނަ މަހު 28ގައި ބާއްވާނެކަން ރައްޔިތުންގެ މަޖިލީހުން އިއުލާންކޮށްފި އެވެ.

ވީ ކިހިނެއް؟ - މިކަން އިއުލާން ކުރެއްވީ މިއަދުގެ މަޖިލިސް ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް މުހައްމަދު އަސްލަމް އެވެ.

ތަފްސީލް - މިހާރު ތިބި މަޖިލިސް މެންބަރުންގެ ތެރެއިން 20 ވަނަ މަޖިލީހަށް އިންތިހާބުވި މެންބަރުންނާއި އަލަށް އިންތިހާބުވި މެންބަރުންނަށް މަރުހަބާ ދެންނެވުމަށް ފަހު، އަސްލަމް ވިދާޅުވީ ގާނޫނުއަސާސީގެ 88 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އަންނަ މަހު 28ވާ އަންގަރާ ދުވަހު އޮންނާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތުގައި، މަޖިލިސް ރައީސް މުހައްމަދު އަސްލަމް (ފޮޓޯ/ މަޖިލިސް)

"އެކަމާ ގުޅޭ ތައްޔާރީތައް ރައްޔިތުންގެ މަޖިލިސް އިދާރާއިން ކުރަމުންދާ ވާހަކަ ވެސް ދަންނަވަން،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް އިތުރަށް ވިދާޅުވީ:

  • މަޖިލިސް ގަވައިދުގައިވާ ގޮތުން މިހާރު އޮތް މަޖިލީހުގެ 19 ވަނަ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ހިނގާނީ އަންނަ މަހު 15ގެ ނިޔަލަށް

"އެހެން ކަމުން މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާ ހިނދަކު، މި ދައުރުގެ އެންމެ ފަހު ޖަލްސާ އަދި 19 ވަނަ މަޖިލީހުގެ އެންމެ ފަހު ޖަލްސާ އޮންނާނީ، 13 މެއި 2024ވާ ހޯމަ ދުވަހު ކަމުގައި ދަންނަވަން،" އާދިއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި އަސްލަމް ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް