މިއަދު ކުރިއަށް ދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މީހަކު ވޯޓު ކަރުދާސް ހޯދަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

4% މަރުކަޒުގައި އިންތިޒާމުތައް ހުރީ ވޯޓުގެ ސިއްރުކަން ގެއްލޭހެން: ޓްރާންސްޕޭރެންސީ

ޓްރާންސްޕޭރެންސީ އިން ބުނީ މަޖިލިސް އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00ގައި ފެށިއިރު ވޯޓުލުމުގެ އިންތިޒާމުތައް ހުރީ ޖުމްލަކޮށް ރަނގަޅަށް ކަމަށް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން މިއަދު 8:00ގައި ފެށި އިރު އިންތިހާބުގައި ވޯޓުލާ %4 މަރުކަޒުގައި އިންތިޒާމުތައް ހުރީ ވޯޓުގެ ސިއްރުކަން ގެއްލޭނެހެން ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ.

ވީ ކިހިނެއް؟ - އިންތިހާބުގެ ވޯޓުލުން ފެށުން އޮބްޒާވު ކުރުމަށް ފަހު ޓްރާންސްޕޭރެންސީ އިން ނެރުނު ނޫސްބަޔާނުގައި ބުނީ އިންތިހާބުގައި ވޯޓުލާ 205 ފޮށި އެ ޖަމިއްޔާ އިން އޮބްޒާވް ކުރަމުން އަންނަ ކަމަށެވެ.

ތަފްސީލް - ޓްރާންސްޕޭރެންސީ އިން ބުނި ގޮތުގައި މަޖިލިސް އިންތިހާބުގެ ވޯޓުލުން މިއަދު ފެށިއިރު އިންތިޒާމުތައް ހުރީ ޖުމްލަކޮށް ރަނގަޅަށެވެ.

ވޯޓު ފޮށިތަކުގެ %96 ފޮށިތަކުގެ ވޯޓުގެ ސިއްރުކަން ކަށަވަރު ކުރަން ހަރުދަނާ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ވެސް އެ ޖަމްއިއްޔާ އިން ފާހަގަކުރި އެވެ.

މީގެ އިތުރުން އިންތިޒާމްތައް ހަމަޖެހިފައި ހުރި ގޮތުން ވޯޓުގެ ސިއްރުކަން ގެއްލިދާނެކަމަށް ފެންނަ %4 މަރުކަޒު ޓްރާންސްޕޭރެންސީ އިން އޮބްޒާވު ކުރަމުން އަންނަ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

ފާހަގަކުރެވޭ - މިއަދުގެ އިންތިހާބުގައި ވޯޓުލާން ފެށިތާ ގަޑިއެއްގެ އިރުު ތެރޭ ވޯޓު ލާފައިވަނީ %8 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް