13 ފެެބްރުއަރީ 2024 - ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމެޓީގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު. (ދައުރު ފޮޓޯ/މުހައްމަދު އަމާން)

ޓާޓާ ފްލެޓުތައް

ޓާޓާ މަޝްރޫއުތަކުން ފްލެޓު ނުލިބުނު މީހުންނަށް ފުރުސަތު ދެނީ

ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތަކަށް ފައިސާ ދެއްކުމުގައި ދިމާވެފައިވާ މައްސަލައަށް ވެސް ހައްލު ގެނެސްދޭން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީ އިން ބުނި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ކުުރިއަށް ގެންދިޔަ ސޯޝަލް ހައުސިން ސްކީމުގެ ދަށުން ޓާޓާ ކުންފުނިން މާލޭގައި އިމާރާތް ކުރި ފްލެޓުތަކަށް ޝަރުތު ހަމަވި ނަމަވެސް ފްލެޓު ނުލިބި ތިބި މީހުންނަށް އެހެން ސްކީމަަކުން ފްލެޓު ދޭން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ހައުސިން މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ބޯހިޔާވަހިކަމުގެ މައްސަލައަށް ޖުމްލަ ހައްލެއް ގެނައުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރީ ސަރުކާރުތަކުން ހިންގާފައިވާ ބޯހިޔާވަހި ކަމުގެ މަޝްރޫއުތަކުން ބޯހިޔާވަހިކަން ލިބުމުން މަހުރޫމުވެފައިވާ މީހުންނަށް އެންމެ އަވަހަށް ކުރިއަށް ގެންދާ މަޝްރޫއަކުން ބޯހިޔާވަހިކަން ހޯދައިދިނުމަށް ނިންމާފައިވާ ކަމަށެވެ.

ތަފްސީލް - މީގެ އިތުރުން ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތަކަށް ފައިސާ ދެއްކުމުގައި ދިމާވެފައިވާ މައްސަލައަށް ވެސް ހައްލު ގެނެސްދޭން ނިންމާފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

އަރަބިއްޔާ އަދި ގާކޮށީގައި އިމާރާތްކޮށްފައިވާ ފްލެޓުތަކަށް ޝަރުތު ހަމަވި ނަމަވެސް ފްލެޓު ލިބުުމުން މަހުރޫމުވެފައިވާ މީހުންނާއި ބޮޑު އިންޓްރެސްޓުގައި ލޯނު ހަމަޖައްސަން ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް އެއްވެސް މަޝްރޫއަކުން ބޯހިޔާވަހިކަން ނުލިބޭ މީހުންނަށް، ސަރުކާރުން މިހާރު އިމާރާތް ކުރަމުންދާ ސޯޝަލް ހައުސިން މަޝްރޫއުތަކުން ބޯހިޔާވަހިކަން ދޭން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ބުންޏެވެ.

ފާހަގަ ކުރެވޭ - އަރަބިއްޔާ އަދި ގާކޮށި ހުރި ދެ ބިމުގައި ޓާޓާ އިން އިމާރާތްކުރި ފްލެޓުތައް ލިބުނު މީހުންގެ ތެރެއިން ފައިސާ ދެއްކުމަށް ދަތިވި މީހުންނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއު އިން ވެސް ފްލެޓު ދީފައިވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް