ހުޅުމާލޭ ފޭސް 3 ގެ ބިން ހިއްކާ ސަރަހައްދަށް ރައީސް މުހައްމަދު މުއިއްޒު ވަޑައިގެން ސަލާންކުރަައްވަނީ

ހުޅުމާލެ

ހުޅުމާލެ 3 ހިއްކުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުން ހަލުވި ކުރުމަށް އިތުރު ޑްރެޖަރެއް ގެނެސްފައިވާ ކަމަށް އެޗްޑީސީ އިން ވަނީ ބުރާސްފަތި ދުވަހު ބުނެފައި

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވައިފި އެވެ.

ވީ ކިހިނެއް؟ - ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދަށް ވަޑައިގެން މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވި ކަމަށެވެ.

ތަފްސީލް - ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ ހަވާލުކޮށްގެން، މާލޭ މީހުންނަށް ގޯތި ދިނުމަށް ކުރީގެ ސަރުކާރުން ފެށި ހުޅުމާލޭގެ ހުޅަނގު ފަޅު ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 22 ސެޕްޓެމްބަރުގަ އެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ހަލުވި ކުރުމަށް އިތުރު ޑްރެޖަރެއް ގެނެސް މަސައްކަތް ހަލުވި ކޮށްފައިވާ ކަމަށް އެޗްޑީސީ އިން ވަނީ ބުރާސްފަތި ދުވަހު ބުނެފަ އެވެ.

އެޗްޑީސީން މީގެ ކުރިން ބުނީ، ހުޅުމާލޭ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ.

އެގޮތުން ބުނީ:

  • ފުރަތަމަ ބައިގެ ގޮތުގައި ހިއްކަން ކަނޑައަޅާފައިވާ ސަރަހައްދުގެ 10 ހެކްޓަރު ބިން މިހާރު ވަނީ ހިއްކާ ނިމިފައި

  • ދެވަނަ ބައިގެ ވެސް ފަސް ހެކްޓަރު ވަނީ ހިއްކާ ނިމިފައި 

  • މިހާރު ކުރިއަށް ދަނީ ދެވަނަ ބައިގެ ނުނިމި އޮތް ބައި ހިއްކުމުގެ މަސައްކަތް

  • ހުޅުމާލޭގެ ތިން ވަނަ ފިޔަވަހީގައި މުޅި ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކާނެ

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް