ތިން ރަށެއްގައި ހޮސްޕިޓަލް އަޅަން އެމްޓީސީސީއާ ހަވާލުކުރުން (ފޮޓޯ/ހެލްތު މިނިސްޓްރީ)

މުލި، މަނަދޫ އަދި އަލިފުށީ ހޮސްޕިޓަލުގެ މަސައްކަތް އެމްޓީސީސީއަށް

މިއީ ކޮވިޑް-19 ފަދަ ބަލިތައް ފެތުރޭ ހާލަތްތަކުގައި ހޮސްޕިޓަލުގެ އޮޕަރޭޝަން ނުހުއްޓި ކުރިޔަށް ގެންދެވޭނެހެން ތަރައްގީ ކުރާ ހޮސްޕިޓަލުތަކެއް

މ. މުއްޔާއި ނ. މަނަދޫގެ އިތުރުން ރ. އަލިފުށީގައި ހޮސްޕިޓަލް އިމާރާތް ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ވީ ކިހިނެެއް؟ - މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހޮސްޕިޓަލް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.

ތަފްސީލް - ހެލްތު މިނިސްޓްރީ އިން ބުނީ، މި ތިން ރަށުގައި އާ ހޮސްޕިޓަލް އަޅާ ހިދުމަތް ދޭން ފެށުމުން އެ ރަށްތަކުގައި ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވާނެ ކަމަށެވެ. އަދި އެ މަރުކަޒުތައް ގިންތިކޮށްފައިވާ މިންވަރަށް ފޯރުކޮށްދޭން ޖެހޭ ހުރިހާ ހިދުމަތެއް ފޯރުކޮށްދެވޭނެ ކަމަށް ވެސް ބުންޏެވެ.

މިއާ އެކު އެ ރަށްތަކާއި، ރަށްތަކުގެ ކައިރި ރަށްރަށުން ސިއްހީ ހިދުމަތް ހޯދާ ރައްޔިތުންނަށް ވެސް ލުއި ލިބޭނެ ކަމަށް ބުންޏެވެ.

މި އެއްބަސްވުމުގެ ދަށުން

  • މުއްޔާއި މަނަދޫގަައި އަޅާނީ 50 އެނދުގެ ހޮސްޕިޓަލެއް

  • އަގު 185 މިލިއަން ރުފިޔާ

  •  މަސައްކަތުގެ މުއްދަތު 2 އަހަރު

  • އަލިފުށީގައި އަޅަނީ 30 އެނދުގެ ހޮސްޕިޓަލެއް

  • އަގަކީ 128 މިލިއަން ރުފިޔާ

  • މަސައްކަތުގެ މުއްދަތު 730 ދުވަސް

މިއީ ކޮވިޑް-19 ފަދަ ބަލިތައް ފެތުރޭ ހާލަތްތަކުގައި ހޮސްޕިޓަލުގެ އޮޕަރޭޝަން ނުހުއްޓި ކުރިޔަށް ގެންދެވޭނެހެން ފްލޫ ކްލިނިކާއި، އައިސޮލޭޝަން ފެސިލިޓީއާ އެކު ތަރައްގީކުރާ ހޮސްޕިޓަލުތަކެކެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް