ހިތަދޫ، އައްޑޫ، 12 އޭޕްރީލް 2024 - ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ދަތުރުފުޅެއްގައި އައްޑޫއަށް ވަޑައިގެން ހިތަދޫގައި ވާހަކަފުޅުދައްކަވަނީ. (ފޮޓޯ/ޕީއެންސީ)

ސަރުކާރުގެ މެމްބަރުން މަޖިލީހުގައި ތިބުމުގެ ނަތީޖާ ރަނގަޅުވާނެ: ރައީސް

ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދީފި ނަމަ ސަރުކާރުގެ މެމްބަރުންގެ ފަރާތުން ފެންނާނީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ވިސްނުން ކަމުގެ ޔަގީން ރައީސް މިރޭ ދެއްވި

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ މެމްބަރުން އިންތިހާބުކޮށް މެޖޯރިޓީ ދީފި ނަމަ އޭގެ ނަތީޖާ ރަނގަޅުވާނެ ކަމުގެ ޔަގީންކަން ރައީސް މުހައްމަދު މުއިއްޒު މިރޭ ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ، މާލޭގައި ދިރިއުޅޭ އައްޑޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ހިރިޔާ ސްކޫލް ހޯލްގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގަ އެވެ. މިއީ އާދީއްތަ ދުވަހު ބާއްވާ އިންތިހާބުގައި މަޖިލީހުގެ ހިތަދޫ މެދު ދާއިރާއަށް ވާދަކުރައްވާ ސަރުކާރުގެ ކެންޑިޑޭޓު އަހުމަދު އަޒާނަށް ތާއީދު ހޯދުމަށް ބޭއްވި ޖަލްސާއެކެވެ.

ތަފްސީލް - މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ތަކުރާރުކޮށް އެދިވަޑައިގަތީ، އައްޑޫ ރައްޔިތުންގެ ޒަމާންވީ ތަރައްގީގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް، ސަރުކާރަށް ނިސްބަތްވާ އެ ދާއިރާގެ އަށް ކެންޑިޑޭޓުން މަޖިލީހަށް ހޮވައިދިނުމަށެވެ.

އައްޑޫއަށް މި ސަރުކާރުން ކޮށްދޭން ނިންމާފައިވާ ކަންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ އޮތީ އެންމެ އަމާޒެއް ކަމަށާއި އެއީ ނަތީޖާ ނެރުން ކަމަށެވެ. އަދި އެ ނަތީޖާ ނެރެދޭން ރައްޔިތުންގެ ފަރާތުން ބޭނުންވަނީ ވަރަށް ކުޑަކުޑަ "ޕުޝްއެއް" ކަމަށް ވިދާޅުވި އެވެ.

"އޭރުން ވަރަށް ބާރު ސްޕީޑުގައި ރާއްޖޭގެ ރައްޔިތުން ބޭނުންވާ ފެންވަރަށް ހުރިހާ ކަމެއް އަޅުގަނޑު ވައުދުވީ ގޮތަށް ކޮށްެދޭންނަން މި ފަސް އަހަރު. އެހެންވީމައި އަޅުގަނޑުމެންގެ 93 ކެންޑިޑޭޓުން ހޮވައިދޭންވީ ރާއްޖޭގެ ހުރިހާ ދާއިރާތަކަކުން. އޭގެ ނަތީޖާ ރަނގަޅުވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ:

  • ސަރުކާރާ ދެކޮޅަށް އަބަދު ބަދަލުހިފުމުގެ ރޫހު ގެންގުޅޭ ބަޔަކަށް ގޮނޑިތައް ފުރާލަން ފުރުސަތު ދީގެން ފެންނާނީ ހަމަނުޖެހުން ކަމަށް

  • މިދިޔަ ފަސް މަހު ވެސް ފެނުނީ މަޖިލީހުގެ ތެރެއިން ސަރުކާރަށް ހުރަސް އަޅަމުންދިޔަތަން ކަމަށް

  • އޭރުން ސަރުކާރުން އަބަދު ޖެހޭނީ މަޖިލީހުގައި އާދޭސްކުރަން ކަމަށް

  • ސަރުކާރުގެ ކިބައިން ބަދަލުހިފުމާއި ސަރުކާރު އަބަދު ބަދަލުކުރުމުގެ ވިސްނުން ހުއްޓުވުމަކަށް ގެންނަންޖެހޭ ކަމަށް

  • ޕާޓީގެ ވިޕްލައިނާ ހިލާފުނުވާން ރައްޔިތުންގެ ހައްގުގައި ވޯޓުނުދޭނެ މީހަކު ހޮވާނެ ކަމެއް ނެތް ކަމަށް

ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ ތަރައްގީ ހޯދުމަށް މި އިންތިހާބުގައި ލިބެނީ ރަނުގެ ފުރުސަތެއް ކަމަށާއި އެ ފުރުސަތު ނަގާލައިގެން ނުވާނެ ކަމަށެވެ.

ކޮމެންޓް (3)

profile-image-placeholder

ސިކުނޑި

20 އޭޕްރީލު 2024
މުއީޒަކީ ބުނާ ބަހުގެ އިތުބާރެއް އޮންނަ މީހެއް ނޫން!

މލކ މީނާޒު

20 އޭޕްރީލު 2024
އިއްޒައްތެރި ރައީސް، ބުނެދީފާނަންތޯ މިޤައުމުގަ އޮތީ ތިންބާރު ވަކިވެފަ އޮންނަ ނިޒާމެއްތޯ؟ މިސުވާލު ކުރަން މިޖެހުނީ ނިމި މިދާ ދައުރުގަ ރައްޔިތުން ހުރިހާބާރެއް އެމްޱީޕީ އަށް ދީގެން ދިޔައީ ޗޮކުން އަދި ހަމަ ނުވިތާކަށް ރައީސް މީހާ ރޮއެ ހޭރިފަ އަލިކާ ޗުއްޓީއަށްފޮނުވީ ފުޓްބޯޅަ ކޭމްޕަށް.

މަޖްލިސް

20 އޭޕްރީލު 2024
ތިން ބާރު ވަކިވެފަވާ ވެރިކަމުގެ ނިޒާމެއްގަ ރައްޔިތުންގެ މަޖްލިހުގައި ސަރުކާރުގެ މެމްބަރުން ތިއްބަވާގޮތެއް ނުވިސްނުނު...

އިތުރު އާޓިކަލް

އިތުރު އާޓިކަލް