ވީއައިއޭ: ދޭތެރެ ދޭތެރެއިން ކަރަންޓްގެ މައްސަލަ ކުރިމަތިވޭ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އެއާޕޯޓުން ކަރަންޓް ކެނޑި، އޮޕަރޭޝަނަށް ބުރޫއަރައިފި

މިއަދު ހެނދުނު 9:45 ހާއިރު ދިޔަ ކަރަންޓް އަލުން ދީ، އިންޓަނޭޝަނަލް ޓާމިނަލްގެ އޮޕަރޭޝަންތައް ފެށިއްޖެ ކަމަށް އެމްއޭސީއެލްއިން ބުނޭ

ރާއްޖޭގެ މައި ވައިގެ ބަނދަރު، ވެލާނާ އިންޓަނޭޝަލް އެއާޕޯޓުން ކަރަންޓް ކެނޑި، އޮޕަރޭޝަންތަކަށް ބުރޫއަރައިފި އެވެ.

ވީ ކިހިނެއް؟ - އެއާޕޯޓުގައި ތިބި ބައެއް މީހުން 'ދައުރު'އަށް ބުނި ގޮތުގައި:

  • ކަރަންޓް ފުރަތަމަ ދިޔައީ މިއަދު ހެނދުނު 9:45 ހާއިރު 

  • އޭގެ ސަބަބުން ޗެކިން ހެދުމަށް ބުރޫއަރައި، ބައެއް ފްލައިޓުތައް ދަނީ ޑިލޭވަމުން

އެމްއޭސީލްގެ ބަސް - އެ ކުންފުނީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ޝައްމާން ޝާކިރުއާ 'ދައުރު'ން ސުވާލު ކުރުމުން ވިދާޅުވީ ބެކަޕް ޖަނަރޭޓެއް ގެންގޮސް އިންޓަނޭޝަނަލް ޓާމިނަލްއަށް މިހާރު ކަރަންޓް ދީފައިވާ ކަމަށެވެ.

"މައްސަލަ ހައްލުކުރަން މި ދަނީ މަސައްކަތް ކުރަމުން،"  ޝައްމާން ވިދާޅުވި އެވެ.

އެއާޕޯޓުގައި ތިބި ބައެއް މީހުން ބުނީ ބެކަޕް ޖަނަރޭޓަރުން ވެސް މައްސަލަ ހައްލު ނުވި ކަމަށެވެ. ޝައްމާން ވިދާޅުވި ގޮތުގައި ފުރަތަމަ ބެކަޕް ޖަނަރޭޓަރު ޖެއްސި އިރު ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑުނު ނަމަވެސް މިހާރު އެ ޖަނަރޭޓަރުން އިންޓަނޭޝަނަލް ޓާމިނަލްއަށް ކަރަންޓް ދެމުން އަންނަ ކަމަށެވެ.

"އޮޕަރޭޝަނަށް ބުރުލެއް ނައިސް ހިދުމަތް ދިނުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (2)

profile-image-placeholder

މުލަކު މީނާޒު

20 އޭޕްރީލު 2024
ދޮގު މައްޗައް ދޮގުހަދާ ވަޒީފާ ދަމަހައްޓަން.

ކޮށިބެ

19 އޭޕްރީލު 2024
ހެހެހެ ޔާމީން ފުރަން އުޅޭތީވެ އެއީ... މިސަރުކާރުން ހާދަ ބިރެކޭ އެގަންނަނީ އެސޮރުދެކެ... ހެހެހެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް