ރިޔާސީ އިންތިހާބުގެ ޕީޕީއެމް ކޯލިޝަންގެ ޓިކެޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ހަވާލުކުރެއްވުމުން އެ މަނިކުފާނު އެއާ ހަވާލުވެ ވަޑައިގަންނަވަނީ (ފައިލް ފޮޓޯ)

ފެނިގެން ދިޔައީ މި ސަރުކާރުން ޝަރީއަތަށް ނުފޫޒު ނުފޯރުވާނެކަން: އަބްދުއްރަހީމް

ޝަރުއީ ދާއިރާ އަކީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަންކަމާއެކު ޝަރީއަތް ކުރުމުގެ ފުރުސަތު އޮތް ދާއިރާއެއްކަން ރައީސް މުއިއްޒު ސާބިތުކޮށްދެއްވައިފި ކަމަށް އަބްދުއްރަހީމް ވިދާޅުވި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލް ކޮށް އަލުން އެ މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް ހައިކޯޓުން އަމުރު ކުރުމުން ހާވަމަނީ މި ސަރުކާރުން ޝަރީއަތަށް ނުފޫޒު ނުފޯރުވާނޭކަން ކަމަށް ރައީސް މުހައްމަދުގެ އިސް މުޝީރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލުހުކުމް މިއަދު ބާތިލް ކުރުމުން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި މާތްﷲ އަށް ހަމްދު ކުރައްވާ އަބްދުއްރަހީމް ވަނީ ރައީސް މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ތަފްސީލް - އަބްދުއްރަހީމް ވިދާޅުވީ، ދިވެހީންގެ ރާއްޖޭގައި ސަރުކާރުން ޝަރީއަތަށް ނުފޫޒު ނުފޯރުވާނެކަން ރައީސް ސާބިތުކޮށް ދެއްވައިފި ކަމަށެވެ.

"ދިވެހީންގެ ރާއްޖޭގައި ހަމަ ކޮންމެ މީހަކަށްވެސް ތަފާތު ކުރުމެއްނެތި އަދުލު އިންސާފު ލިބޭނެކަން މަނިކުފާނު ކަށަވަރުކޮށް ދެއްވައިފީމު. ޝަރުއީ ދާއިރާ އަކީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަންކަމާއެކު ޝަރީއަތް ކުރުމުގެ ފުރުސަތު އޮތް ދާއިރާއެއްކަން ޔަގީންކޮށް ދެއްވައިފީމު،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހީން ބޭނުންވަނީ ރައީސް މުއިއްޒު ފަދަ ފަދަ ބަހާ އަމަލާ ދިމާވާ ވެރިން ކަމަށެވެ.

ފާހަގަ ކުރެވޭ - 11 އަހަރުގެ ޖަލުހުކުމުން ޔާމީން މިއަދު ވަގުތީ ގޮތުން ސަލާމަތްވި އިރު، އެމަނިކުފާނު ޖަލުގައި ބާއްވަން ބޭނުންފުޅުވަނީ ރައީސް މުއިއްޒު ކަމަށް ޔާމީން ރޭ ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް، ޔާމީންގެ އިސްތިއުނާފު އަޑުއެހުންތައް ލަސްކުރީ ސީދާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަމަށް ރައީސް މުއިއްޒު ރޭ ވިދާޅުވި އެވެ. އެ މަނިކުފާނު ބޭނުންފުޅުވަނީ ޔާމީން މިނިވަން ވުމަށް ކަމަށް ވެސް ރައީސް ރޭ ވަނީ ވިދާޅުވެފަ އެވެ.

އެނގުން މުހިއްމު - ކްރިމިނަލް ކޯޓުން އަލުން މި މައްސަލާގައި ގޮތެއް ނިންމުމާ އެކު 11 އަހަރުގެ ޖަލު ހުކުމުން ޔާމީން މިވަގުތަށް މިނިވަންވެވަޑައިގަތް ނަމަވެސް:

އެމްއެމްޕީއާރްސީ ހިޔާނާތުގެ ތެރޭގައި ހިމެނޭ ރ. ފުއްގިރި މައްސަލާގައި ޔާމީންގެ މައްޗަށް ކުރާ ޝަރީއަތްތަކެއް ކްރިމިނަލް ކޯޓުގައި އަދިވެސް އެބައޮތް

ފުއްގިރި މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ޝަރީއަތް ކުރަނީ ރިޝްވަތާއި މަނީލޯންޑަރިންގެ ކުށުގެ ދައުވާ

މި އަޑުއެހުންތައް މަޑުޖެހިފައި އޮންނަތާ މިހާރު ވަނީ 8 މަސްވެފައި

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް