ޗީފް އޮފް ޑިފެންސްގެ ފޯސްގެ މަގާމަށް އައްޔަނު ކުރެއްވި މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ އަށް މަގާމުގެ ލިޔުން ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު (ފޮޓޯ/ރައީސް އޮފީސް)

އެމްއެންޑީއެފް

ޗީފް އޮފް ޑިފެންސްގެ މަގާމަށް ހިލްމީ އައްޔަނު ކުރައްވައިފި

ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ގިޔާސް ވެސް މިއަދު ވަނީ އައްޔަނު ކުރައްވާފައި

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ މިއަދު އައްޔަނު ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ހިލްމީ މަގާމަށް އައްޔަނު ކުރައްވާފައިވަނީ، އެ މަގާމުގައި ހުންނެވި ލެފްޓިނެޓު ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް އިއްޔެ މަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.

ތަފްސީލް - ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ހިލްމީ އައްޔަނު ކުރައްވާ މަގާމުގެ ލިޔުން ހަވާކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުހައްމަދު މުއިއްޒު އެވެ.

މީގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ގިޔާސް ވެސް މިއަދު ވަނީ އައްޔަން ކުރައްވައިފަ އެވެ.

ކޮމެންޓް (1)

profile-image-placeholder

މީދޫ ކުދުރަނިޔަ

18 އޭޕްރީލު 2024
މޭޖަ ޖެނެރަލް އިބްރާހިމް ހިލްމީގެ މަތިފުށަކީ: އައްޑުއަތޮޅު މީދޫ އީސާފުޅުގޭ މޫސާ މަނިކުފާނުގެ މީދޫ ބަނޑިހިގޭ ޢަލީ މަނިކުފާނުގެ ޙަސަން ޙިލްމީ(ތިނަދޫ ތުއްތު ކަތީބާގެ) އެވެ.މަރުޙަބާ ޖެނެރަލް އިބްރާހިމް ޙިލްމީ.ކާމިޔާބީއަށް އެދެމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް