ހުޅުމާލެ 2 ވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓުތައް (ދައުރު ފޮޓޯ/ އަބްދުﷲ އިޔާން)

ހިޔާ ފްލެޓްތައް

ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓް ބެހެއްޓުމުގެ މަސައްކަތް ފަށައިފި

ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަސައްކަތުގެ ދަށުން ކޮންމެ ޓަވަރެއްގައި ފެސެންޖާ ލިފްޓަކާއި ސްސޓްރެޗާ ލިފްޓެއް ބަހައްޓާނެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ވީ ކިހިނެއް؟ - މިއަދު ހިޔާ ޓަވަރު 2ގައި ބޭއްވި ރަސްމިއްޔާތެއްގައި ލިފްޓް ހަރުކުރުމުގެ މަސައްކަތް ފައްޓަވައިދެއްވީ ހައުސިން މިނިސްޓަރު އަލީ ހައިދަރާއި އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމްގެ އިތުރުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދެވެ.

ތަފްސީލް - ހިޔާގައި އިތުރު ލިފްޓް ހަރުކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އެމަނިކުފާނު ހައުސިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ފެށި ހިޔާ މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އަޅާފައިވާއިރު އެ ޓަވަރުތަކުގައި ހަރުކޮށްފައިވަނީ ޓަވަރެއްގައި ތިން ލިފްޓު އަދި ޖުމްލަ 54 ލިފްޓެވެެ.

  • އިތުރު ލިފްޓު ހަރުކުރުމަށް ބަޖެޓުގައި 200 މިލިއަން ރުފިޔާ ހިމަނާފައިވޭ

  • ލިފްޓު ހަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕްއާ

  • ކޮންމެ ޓަވަރެއްގައި ދެ ލިފްޓް ހަރުކުރާނެ؛ ޖުމްލަ 32 ލިފްޓް

  • އެއީ ކޮންމެ ފްލެޓެއްގައި ޕެސެންޖާ ލިފްޓަކާއި ސްޓްރެޗާ ލިފްޓެއް

ލިފްޓު ހަރުކުރުމުގެ މަސައްކަތް އެއް އަހަރު ތެރޭ ނިމޭނެ ކަމަށް އެޗްޑީސީ އިން ލަފާކުރެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް